މާލެ: 31°C

ތަކަންދޫގައި އޭޓީއެމް ބަހައްޓަން އެއްބަސްވެއްޖެ

January 29, 2025
133 ފަހަރު ބަލާފައި
ތަކަންދޫގައި އޭޓީއެމް ބަހައްޓަން އެއްބަސްވެއްޖެ
ހއ. ތަކަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހއ. ތަކަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

މި އެއްބަސްވުމުގައި ތަކަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސެއިން ނަޢީމް އެވެ. އަދި ބޭންކް އޮފް މޯލްޑިވެސް ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.

މި ޚިދުމަތް ތަކަންދޫގައި ޤާއިމުކުރަނީ، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ