މާލެ: 31°C
ތަކަންދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާ ކުރައްވައިފި

ތަކަންދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާ ކުރައްވައިފި

February 25, 2024
4 ފަހަރު ބަލާފައި
ތަކަންދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާ ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ތަކަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ދިއްދޫ ސުކޫލުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމިއުނިޓީ ސެންޓަރެއްވެސް ތަކަންދޫއަށް ވަރަށް މުހިންމުކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ކުނި މެނޭޖުކުރުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމުގައި ފާހަގަކުރައްވައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ. އަދި ރަށުގެ އާމްދަނީ އިތުރުކުރުމަށް ތަކަންދޫގެ އިހުތިސާސުގެ ތެރެއަށް ރަށެއް ގެންނަން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބައްލަވައި، ކަމާގުޅުންހުރި މިނިސްޓްރީތަކާ އެމަނިކުފާނު މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި، އެރަށުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ