
ތައިލެންޑުން ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި
ތައިލެންޑުން ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި
ލިޔުން:
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް އެގައުމުން ބޭރުކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކު ތައިލެންޑުން ހައްޔަރުކޮށްފިއެވެ.
ތައިލެނޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގަ، އެގައުމުން ދިވެހި މީހާ ބޭރުކުރަން އުޅުނީ، ބާޒުތަކަކާއި ބަކަމޫނު ތަކެކެވެ. އެއީ ބްލެކް ހޯކް އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ތަކެއްކަމަށް ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ހަވާލާދީ ދަ ނެޝަން ތައިލެންޑް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ނޫސްތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެދޫނިތައް ބަންދުކޮށްފައި ހުރީ ލަގެޖުގައި ވަށިގަނޑުތަކަށް އަޅާފައެވެ.
އެއެއްޗެހީގެ އަގު 45،000 ރުފިޔާއަށް އަރަ އެވެ.
އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައިލެންޑްގެ ސުވަރުނަބޫމީ އެއާޕޯޓް ޕޮލިސްއަށް ހެކި ހުށަހަޅާފައިވާ ކަމަށާއި ދޫނިތައް ޑީއެންޕީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
މަނާކޮށްފައިވާ މިފަދަ ރިދޭއެއްޗެހި އެކި ގައުމުތަކުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިދިޔަ މަހު ވެސް، ދިވެހިންގެ ބަޔަކު މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތެވެ. އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަަށް މައުލޫމާތުލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
