
ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި
ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި
ލިޔުން:
ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މެޑަމް ފަޒްނާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗާ ޕްރޮމޯޝަންސްގެ ދައުވަތަކަށެވެ. މި ރަސްމިއްޔާތު އޮތީ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފެޝަން ޑިޒައިނަރުންވެސް ބައިވެރިވި އެ މުނާސަބަތުގައި ރާއްޖެއިންވެސް ވަނީ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް ވެސް ބައިވެރިވި އެވެ. މިއަދު، ރާއްޖެއިން ހުށައަޅައިދޭ ތައި ސިލްކް ޑިޒައިންގެ ހެދުންތައް ވެސް ފަސްޓްލޭޑީ ބައްލަވައިލައްވާނެއެވެ.
ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ އިއްޔެއިން ފެށިގެން މިމަހުގެ 11 އަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
