މާލެ: 31°C
ތާރީހުން ފެންނަނީ ކޮންމެ ދީނަކަށް ނިސްބަތްވާ ބަޔަކުވެސް އިސްރާއިލުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާފައިވާތަން

ތާރީހުން ފެންނަނީ ކޮންމެ ދީނަކަށް ނިސްބަތްވާ ބަޔަކުވެސް އިސްރާއިލުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާފައިވާތަން

January 4, 2024
2 ފަހަރު ބަލާފައި
ތާރީހުން ފެންނަނީ ކޮންމެ ދީނަކަށް ނިސްބަތްވާ ބަޔަކުވެސް އިސްރާއިލުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާފައިވާތަން
الأعراف ސޫރަތުގެ 167 ވަނަ އާޔަތުގެ މާނާގައި ވަނީ ޔަހޫދީންނަކީ އެމީހުންގެ މައްޗަށް ގިޔާމަތާ ޖެހެންދެން އަނިޔާ ލިބިލިބި ވާނެ ބައެއްކަމަށެވެ. މާޒީއަށް ނަޒަރު ހިންގާލާއިރު އެކަން ފެންނާންވެސް އޮތީ ހަމައެހެންނެވެ. ޔަހޫދީންނަށް ބޮޑަށް އަނިޔާ ލިބިގެން ގޮސްފައިވަނީ މުސްލިމުންގެ ފަރާތުން ތޯއެވެ. ނޫނެކެވެ، ތާރީހުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކަށް ނަޒަރު ހިންގާލާއިރު އެކަން އޮތީ އެހެންނޫންކަން ސާފުވެއެވެ. މިގޮތުން ޔަހޫދީންނާމެދު އެހެނިހެން ދީންތަކުގެ ވެރީންނާއި ރަސްރަސްކަލުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާލާނަމެވެ. އީސާގެފާނު ދުނިއެއަށް ފޮނުއްވުމުގެ 587 އަހަރު ބަސްފަރަސް އޭ ކިޔާ ވެރިޔަކު ޔަހޫދީން ނައްތާލުމުގެ ބޮޑު ހަނގުރާމައެއް ފަށައި ޔަހޫދީން ވިއްސި ވިހާލިކޮށްލި ކަމަށާއި، އަދި ހަމަ އީސާގެފާނު ދުނިއެއަށް ފޮނުއްވުމުގެ 203 އަހަރު ކުރިން ސޫރިޔާގައި އޭރު ހުންނެވި ރަސްގެފާނަކު ޔަހޫދީން ނައްތާލުމުގެ ބޮޑު ހަނގުރާމައެއް ފަށައި ޔަހޫދީން ވިއްސި ވިހާލިކޮށްލިކަމަށް ވެއެވެ. މީލާދީން 70 ވަނަ އަހަރު އޭރު ރޯމަނުންގެ ރަސްގެފާނު ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަކޮށް އެމީހުން ވިއްސި ވިހާލިކޮށްލާފައިވާއިރު އޭގެ ފަހުން، އަދި މީލާދީން 135 ވަނަ އަހަރު ރޯމަނުންގެ ވެރިކަމުގައި ހުންނެވި ހެޑްރިއަން ކިޔާ ރަސްކަލަކު ޔަހޫދީންނާ ދެކޮޅަށް ބޮޑު ގަތުލުއާމެއް ހިންގައި 5 ލައްކަ މީހުން މަރާލާފައިވެެއެވެ. މީލާދީން 1390 ވަނަ އަހަރު އޭރު ސްޕޭނުގައި އޮތް ނަސާރާ ވެރިކަމުގައި ހުންނެވި ރަސްގެފާނުވެސް ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަކޮށް ސްޕޭނުން އެމީހުން ބޭރުކޮށްލިއެވެ، އަދި 1290 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގ އެޑްވާޑް 1 ޔަހޫދިން އެގައުމުން ފައްސާލިއެވެ. އަދި ހަމަ ތާރީހުން ފެންނާންހުރި އެހެނިހެން ހާދިސާތަކަށް ބަލާއިރު މީލާދީން 1306 ވަނަ އަހަރު ފުރާންސް އިން، މީލާދީން 1370 ވަނަ އަހަރު ބެލްޖިއަމް އިން، އަދި މީލާދީން 1380 ވަނައަހަރާއި 1562 ވަނައަހަރާއި 1744 ވަނަ އަހަރު ޔޫގޮސްލޭވިޔާ އިން އަދި 1510 ވަނަ އަހަރު ރަޝިޔާއިން 1551 ވަނަ އަހަރު ޖަރުމަނު ވިލާތުން ޔަހޫދީން ބޭރުކޮށް އެމީހުންނާ ދެކޮޅަށް ހަނގުރާމަތައް ކޮށްފައިވާއިރު މަޝްހޫރު ހިޓިލަރ ގެ ވެރިކަމުގައި 1941 ވަނަ އަހަރު ޔަހޫދީ ނަސްލު އެއްކޮށް ނައްތާލުމަށް ބޮޑު ގަތުލުއާއްމެއް ހިންގާފައި ވެއެވެ. އެހެންކަމުން ޔޫރަޕާއި އެމެރިކާއިން ޔަހޫދީންގެ އުނދަގޫ އެމީހުންގެ ގައުމުތަކުގައި ކުޑަކުރުމަށްޓަކައި ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވަމުން އެގެންދަނީ، އެގޮތަކީ އެ ގައުމުތަކަށް ޔަހޫދީންގެ ނުރައްކާ އެއްމެ ކުޑަކުރެވޭނެ ގޮތަކަމަށްވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ