މާލެ: 31°C

އެމްޑީޕީގެ ރައީސާއި ޢެޑްވައިޒަރަށް ވައްޑެ ކަމުނުދިޔައީ ފައްޔާޒް ވައްޑެއަށް ތާއީދުކުރުމުން

November 30, 2025
308 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސާއި ޢެޑްވައިޒަރަށް ވައްޑެ ކަމުނުދިޔައީ ފައްޔާޒް ވައްޑެއަށް ތާއީދުކުރުމުން
އެމްޑީޕީ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ހޮވުމަށް އެޕާޓީގެ ރައީސާއި ޢެޑްވައިޒަރު ކުރެއްވި ތާއީދު ބަދަލުވީ އެމްޑީޕީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ފައްޔާޒަށް ތާއީދު ކުރާ ފަރާތްތަކުން ވައްޑެއަށް ތާއިދު ކުރުމުން ކަން ހާމަވެއްޖެއެވެ.

އެމްޑީޕީ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ހޮވުމަށް އެޕާޓީގެ ރައީސާއި ޢެޑްވައިޒަރު ކުރެއްވި ތާއީދު ބަދަލުވީ އެމްޑީޕީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ފައްޔާޒަށް ތާއީދު ކުރާ ފަރާތްތަކުން ވައްޑެއަށް ތާއިދު ކުރުމުން ކަން ހާމަވެއްޖެއެވެ.

ވަގުތީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި އަބްދުﷲ ވަހީދު ވާދަކުރިކުރުން ދޫކޮށްލިކަން ހާމަކޮސް އެ ޕާޓީގެ ރައީސަށް މިއަދު ފޮނުވި ސީޓީގައި އަބްދުﷲ ވަހީދު ބުނެފައި ވަނީ ވަގުތީ ޗެއާޕާސަން ކަމަށް އޭނާގެ ނަން ހުށަހަޅަން އޭނާ އެއްބަސްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ގުޅައި އެމްޑީޕީގެ ވަގުތީ ވެއާޕާސަން ކަމަށް ހޮވުމަށް މިވަގުތައް އެންމެ ރަނގަޅު ފަރާތަކީ އޭނާ ކަމަށް ބުނެ އަދި ޕާލަމެންޓްރީ ގްރޫޕުންވެސް އެންމެ ބޯޑަށް ބޭނުންވަނީ އޭނާ އެމަގާމް ގެނައުމަށް ކަމަށް ބުނެފައިވާ ކަމަށެވެ.

އިބްރާހިމް ވަހީދު ބުނީ ޕާލިމެންޓްރީ ގްރޫޕުގެ އެ ހުށަހެޅުމާއެކު ޕާޓީގެ ރައީސަށާއި، ޕާޓީގެ އެޑްވައިޒަރ ރައީސް ސޯލިހް އަށް ގުޅައި އެމަގާމަށް ވައްޑެ ކުރިމަތިލުމާމެދު އެ ދެބޭފުޅުންގެ މަޝްވަރާވެސް ހޯއްދަވާފައިވާ ކަމަށާއި، އެ 2 ބޭފުޅުންގެ ފަރާތުންވެސް ވައްޑެ އެ މަގާމަށް ގެނައުމަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަމާއި އަދި ވައްޑެފަދަ ބޭފަޅަކު މިވަގުތު ޕާޓީގެ ހިންގުމާ ހަވާލުވުމަކީ ކޮންމެހެންވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ފާހަގަކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ވަގުތީ ޗެއާޕާސަނަކު ހޮވުމަށް މި މަހުގެ 27 ވަނަ ދުވަހު ބާއްވަން އުޅު އެ ޕާޓީ ގެ ގައުމީ މަޖިލީހުގެ ޖަލްސާ ކުއްލި ގޮތަކަށް ކެންސަލްކުރުމަށް ފަހު އިންތިހާބަށް އެހެން ބޭފުޅަކު ނެރެ އެކަމަށް ވަގުތު ހޯއްދަވާފައިވާ ކަމަށާއި، އެއަށްފަހު އޭނާއަށް ތާއީދުކުރެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑްވައިޒަރު އަމަލުކުރެއްވީ މުޅިން އެހެން ގޮތަކަށް ކަމަށެވެ.

އެ ދެ ބޭފުޅުންނާއި އެ ބޭފުޅުންނަށް ތާއީދުކުރައްވާ ފަރާތްތަކުން އެހެންގޮތަކަށް ތާއީދު ބަދަލުކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޢާއި ފައްޔާޒް އަށް ތާއިދު ކުރާ ފަރާތްތަކުގެ ތާއިދު އޭނާއަށް ލިބުނު ހިސާބުން ކަމަށްވެސް އަބްދުﷲ ވަހީދު ބުނެފައި ވެއެވެ.

ޕާޓީގެ ރައީސާއި އެޑްވައިޒަރުގެ އެ އަމަލުކުރެއްވި ގޮތުގެ ސަބަބުން އޭނާ އެ މަގާމުގައި ހުރުމަކީ މަސްލަހަތު މިވަގުތައް އެންމެ ރަނގަޅު ގޮތްކަމުގައި ނުފެންނާތީ އޭނާ ވަނީ އިންތިހާބުގައި ވާދަކުރިކުރުން އަނބުރާ ގެނެސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ