"އެނބުރި ފަހަތަށް ގޮސް މަގުމަތިވުން އެއީ ރަނގަޅުގޮތެއް ނޫން. އެއީ އެމްޑީޕީއަކަށް ވެސް ރަނގަޅުގޮތެއް ނޫން، މިގައުމަކަށް ވެސް ރަނގަޅުގޮތެއް ނޫން. މިދާއިރާއަކަށް ވެސް ރަނގަޅު ގޮތެއް ނޫން،" ރައީސް ވިދާޅުވި އެެވެ.އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެމްބަރުން ގޮތް ނިންމާނީ އެކަންތައްތަކަށް ވިސްނައިގެންކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ށ. އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް އެމަނިކުފާނު މިއަދު ވަޑައިގެންނެވި އެވެ. ހއ. އަތޮޅުގެ ބައެއް ރަށްރަށާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މި ހަފުތާގައި ވަޑައިގެންނެވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަަނަ ދުވަހު އެވެ.
ތާއަބަދު މުޒާހަރާ ކުރަންޖެހުނީމާ ރައީސް ސޯލިހަކަށް ރަނގަޅެއް ނޫން

ތާއަބަދު މުޒާހަރާ ކުރަންޖެހުނީމާ ރައީސް ސޯލިހަކަށް ރަނގަޅެއް ނޫން
ލިޔުން:
މުޒާހަރާކޮށް، ޚުޔާލުފާޅުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ތާ އަބަދު އެ މަސައްކަތް ކުރަން ޖެހުނީމާ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެޕާޓީގެ މެމްބަރުން އަލުން މަގުމަތި ނުވެ، ކުރިއަށް ދެވެން އޮތީ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ހޮވައިގެން ކަމަށެވެ. ށ.މިލަންދޫގައި މިއަދު ބޭއްވެވި ކެމްޕޭނު ޖަލްސާގައި އެވާހަކަފުޅު ތަކުރާރުކުރައްވަމުން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދޭއިރު މެމްބަރުން އެކަމަށް ވިސްނައިގެން ގޮތް ނިންމަން އެދިވަޑައިގަންނަވާ ކަމަށެވެ.
"މުޒާހަރާކުރަންވާނެ، ފެންނަ ގޮތް ވެސް ހާމަކުރަން ޖެހޭނެ. އެކަމަކު ތާއަބަދު، މުޅި އުމުރުގައި އެކަން ކުރަން ޖެހުނީމާ އެއީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެންނަށް ރަނގަޅުގޮތް ފެނުނީމާ، ކުރިއަށް ދެވެން އޮތް ގޮތް ފެނުނީމާ ދެން ދާން ޖެހޭނީ އެމަގުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނު ހިސާބުން ފެށިގެން 2018 ގައި އަލުން ވެރިކަމަށް އައުވާ ހަމައަށް އެޕާޓީގެ މެމްބަރުން ތިބީ މަގުމަތިވެފައި ކަމަށެވެ. އަތްވާއި ވާރޭގައި އެމްޑީޕީމެމްބަރުން އޭރު ތިބެން ޖެހުނީ އަޑުއުފުލަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
