ތ. މަޑިފުށީގެ ވިޔަފާރިއެއް ކަމަށްވާ "ފްރެންޑްސް ޕްރިންޓް" އިން ކޮންމެ ރަމްޟާން މަހަކު ކުރިއަށްގެންދާ ޤުރުއާން މުބާރާތް މި އަހަރު ވެސް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.
ފްރެންޑްސް ޕްރިންޓުން ބުނެފައިވަނީ މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ 10 އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. ބަލައިގެން ކިއުމާއި ހިތުން ކިއުމުގެބައި ވެސް އޮންނާނެއެވެ. އަދި އެކި ޤިރާޢަތްތަކަށް ޤުރްއާން ކިޔެވުމުގެ ބައެއް ވެސް މުބާރާތުގައި އޮންނާނެއެވެ.
ފްރެންޑްސް ޕްރިންޓުން ބުނި ގޮތުގައި ކޮންމެ އުމުރުފުރާއަކުން ވެސް 1ވަނަ 2ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން ދެގޮފިވަކިން 1ވަނަ 2ވަނަ 3ވަނަ އަދި މުޅި މުބާރާތުގެ 1ވަނަ 2ވަނަ އަދި 3ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ. ޤުރްއާން މުބާރާތް ކުރިއަށް ދާއިރު ކޮންމެ ދަންފަޅި އެއްގައިވެސް ޤުރްއާނުގެ ޢިލްމާއި ބެހޭގޮތުން 30 މިނިޓްގެ ފޯރަމެއް ވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އެ ފޯރަމްގައި މުބާރާތުގެ ބައިވެރިންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަކަށް ވެސް ފޯރަމްގައި ބައިވެރި ވެވޭނެކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.
ފޯރަމްގައި މައުލޫމާތު ދޭނެ ބައިތަކަކީ:
މި ފޯރަމް ކުރިއަށް ދާއިރު ބައިވެރިން ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ރަމަޟާން 1445 (4 އޭޕްރީލް 2024) ވާ ބުރާސްފަތި ދުވަހު އެވެ. މިއީ މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.







