މާލެ: 31°C

ތ. އަތޮޅު ދެރަށެއްގެ ބަނދަރުމަތިން، މަސްތުވާތަކެތި ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި

ތ. އަތޮޅު ދެރަށެއްގެ ބަނދަރުމަތިން، މަސްތުވާތަކެތި ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި
May 16, 2023
2 ފަހަރު ބަލާފައި
ތ. އަތޮޅު ދެރަށެއްގެ ބަނދަރުމަތިން، މަސްތުވާތަކެތި ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި
ތ. ހިރިލަންދޫ އަދި ތ. ކިނބިދޫއިން މަސްތުވާތަކެތި ގެންގުލުނު ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެމީހަކު ހައްޔަރިކޮށްފައިވާ ކަމުގައެވެ.  އޭގެ ތެރެއިން މި މަހު 15 ވަނަ ދުވަހު ހިރިލަންދޫގައި ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 49 އަހަރުގެ ދިވެހި ފިރިހެނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 39 އަހަރުގެ ދިވެހި ފިރިހެނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކިނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ