މާލެ: 31°C

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފި
May 3, 2023
2 ފަހަރު ބަލާފައި
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފި
ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އަދި ޓެކްސީ ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމުގެ މިއަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފިއެވެ. ފުލުހުނަ ބުނީ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތައް ހެންވޭރު ބޯޅަގޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެއިތުރުން، އެކްސިޑެންޑްތަކާއި މަގުމަތިގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއިއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަޡށް ވެސް ފުލުހުން ބުންޏެވެ. ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމްކުރާ ތަމްރީނެކެވެ. މި ޕްރޮގްރާމުގައި، ޓެކްސީ ހިދުމަތަށް އަލަށް ގުޅޭ 264 މީހުން އަދި މިހާރުވެސް ޓެކްސީ ހިދުމަތުގައި ތިބި 175 މީހަކު ބައިވެރިވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ