މާލެ: 31°C

ޓެލެގްރާމް ގައި ދިވެހިންގެ ބަރަހާނާ ފޮޓޯއާއި ވީޑިއޯގެ ވިޔާފާރިކުރާ ބަޔަކު ހައްޔަރު ކޮށްފި

ޓެލެގްރާމް ގައި ދިވެހިންގެ ބަރަހާނާ ފޮޓޯއާއި ވީޑިއޯގެ ވިޔާފާރިކުރާ ބަޔަކު ހައްޔަރު ކޮށްފި
September 9, 2024
2 ފަހަރު ބަލާފައި
ޓެލެގްރާމް ގައި ދިވެހިންގެ ބަރަހާނާ ފޮޓޯއާއި ވީޑިއޯގެ ވިޔާފާރިކުރާ ބަޔަކު ހައްޔަރު ކޮށްފި

ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލްތައް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން 3 މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ފުލުހުން އާއްމުކޮސްފިއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގާފައިވާ ހާއްސަ އޮޕަރޭޝަނުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ. ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގައިވަނީ އެ މީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާކަމަށެވެ. އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާކަމަށެވެ. އަދި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އޭނާ  ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާކަމަށާއި ސެޕްޓެންބަރު 5 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. އަދި ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ޒަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި، ސެޕްޓެންބަރު 5 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.އަދި އޭގެ އިތުރުން އެ 3 މީހުން ހައްޔަރުކޮށް އެ މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އަދި އެ 3 މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތާއެކު ފުލުހުންވަނީ އެ ގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުން އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ