މާލެ: 31°C
ޓެލެގްރާމް މެދުވެރިކޮށް ބޮޑެތި އެތައް ކުށްތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފި

ޓެލެގްރާމް މެދުވެރިކޮށް ބޮޑެތި އެތައް ކުށްތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފި

March 13, 2024
2 ފަހަރު ބަލާފައި
ޓެލެގްރާމް މެދުވެރިކޮށް ބޮޑެތި އެތައް ކުށްތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފި
ޓެލެގްރާމް މެދުވެރިކޮށް ބޮޑެތި އެތައް ކުށްތަކެއް ހިންގަމުން އައި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ކުށަށް އަރައިގަތުމަށް ހިންގަމުން އައި ޗެޓް ގްރޫޕްތަކެއް ހުއްޓުވައި، އެކަމުގައި ޝާމިލްވާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީި ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެކްސްކޯޓް ގެލަރީ އަދި ޖަޒީރާ ލިންކްހަބަރު ނަމުގައި ޓެލެގްރާމުގައި މި ނަމުގައި ގްރޫއްޕުތައް ހިންގަމުން އައިކަމަށް ތުހުމަތުކުރެވޭ ދެ މީހެކެވެ. މިމަހުގެ 6 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސައިބަރ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މި މައްސަލައާ ގުޅޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ކަމަށެވެ. https://twitter.com/PoliceMv/status/1767973029446037836 މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމާއި، މަނީ ލޯންޑްރިން، ޑްރަގް ޓްރެފިކިން، ހަށިވިއްކުމަށް ހިތްވަރުދިނުން، ފަދަ ކުށްތަކަށް ތުހުމަތު ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވަނީ ފަސްދުވަހަށް ގޭ ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައެވެ. އެއަށްފަހު ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓުގައި އެދުމުން އެ ކޯޓުން ވަނީ 30 ދުވަހަށް ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ