
ޓެލެގްރާމްގެ ވެރިޔާ ފްރާންސުން ހައްޔަރުކޮށްފި
ޓެލެގްރާމްގެ ވެރިޔާ ފްރާންސުން ހައްޔަރުކޮށްފި
ލިޔުން:
ފޯނުކުރާމާއި މެސެޖު ކުރުމަށް ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް "ޓެލެގްރާމް" ގެ ވެރިޔާ ފްރާންސުން ހައްޔަރުކޮށްފިއެވެ.
ޔޫރަޕްގެ ޙަބަރުތައް ގެނެސްދޭ މީޑިއާ ތަކުން ރިޕޯޓް ކޮށްްފައިވާ ގޮތުގައި ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑޫރޮވް ހައްޔަރުކޮށްފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ އުތުރުގައި އޮންނަ ލެ ބުރްޖެޓް އެއާޕޯޓަށް އޭނާގެ ޕްރައިވެޓް ޖެޓްގައި ޖެެއްސިތަނާއެވެ
އޮފިޝަލުންނާ ޙަވާލާދީ މީޑިއާތަކުން ބުނެފައިވަނ ީއުމުރުން 39 އަހަރުގެ ޑޫރޮވް ހައްޔަރުކޮށްފައިވަނީ ޓެލެގްރާމް އެޕްލިކޭޝަނާ ގުޅުން ހުރި ކުށްތަކުގައި އެގައުމުގެ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޓެލެގްރާމަކީ ރައްކާތެރި މެސެޖިން އެޕްލިކޭޝަނެއްގެ ގޮތުގައިބަލައގަނެި ވަރަށް ގިނަ ގައުމުތަކުން އެ އެޕްލިކޭޝަން ދަނީ ބޭނުންކުރަމުންނެ.
އެ އެޕްލިކޭޝަނުން ކުރާ މުޢާމަލާތްތައް ރަޝިއާ ގެ ސަރުކާރުން އެދުމަށް ޑާޓާ ނުދިނުމާ ގުޅިގެން 2018 ވަނަ އަހަރު އެ އެޕްލިކޭޝަން އެގައުމުގައި މަނާކުރުމަށްފަހު އަލުން ހުއްދަ ދީފައިވަނީ 2021 ވަނަ އަހަރު އެވެ.
ފްރާންސްގައި ހުންނަ ރަޝިއާގެ އެމްބަސީން ދަނީ ހާލަތު ސާފުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ކަމަށް ރަޝިއާގެ ޓާސް ސްޓޭޓް ނިއުސް އެޖެންސީން ބުނެފި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
