މާލެ: 31°C
ޓީޗަރުން ހަމަނުވެގެން ދަނބިދޫ ސުކޫލުގެ ބެލެނިވެރިން މުޒާހަރާކޮށް ސްކޫލުބަންދުކޮށްފި

ޓީޗަރުން ހަމަނުވެގެން ދަނބިދޫ ސުކޫލުގެ ބެލެނިވެރިން މުޒާހަރާކޮށް ސްކޫލުބަންދުކޮށްފި

January 9, 2024
3 ފަހަރު ބަލާފައި
ޓީޗަރުން ހަމަނުވެގެން ދަނބިދޫ ސުކޫލުގެ ބެލެނިވެރިން މުޒާހަރާކޮށް ސްކޫލުބަންދުކޮށްފި
ލ. ދަނބިދޫ ސުކޫލުގައި ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭން ފަށާފައިވުމުން އެ ސްކޫލުގެ ބެލެނިވެރިން ނުކުމެ  އިހުތިޖާޖްކޮށް ސުކޫލު ބަންދުކޮށްފިއެވެ.

ދަނބިދޫ ކައުންސިލުން މީޑިއާއަށް މައުލޫމާތުދިން ގޮތުގައި ބެލެނިވެރިން ނުކުމެ ސުކޫލު ބަންދުކޮށްފައިވަނީ ސުކޫލުގައި ކިޔަވައިދެމުންދާ ޓީޗަރުން މަދުވުމާއި ސުކޫލު އިމާރާތް ބާވެ ހަލާކުވެފައިވާތީ އެވެ.

އެ ސުކޫލުގައި ކިޔަވައިދިނުމުގެ ފެންވަރު ދަށްވެފައިވާކަމަށް ބުނެ މެނޭޖުމެންޓާ ދޭތެރޭ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރިކަމަށް ވެސް މައުލޫމާތުލިބެއެވެ.

[caption id="attachment_95370" align="aligncenter" width="960"] Photo: Social media[/caption]

އެރަށު ކައުންސިލުން ބުނެފައިވާގޮތުގައި ސްކޫލުގެ ބައެއް ކުލާސް ރޫމްތަކުގައި ކިޔަވާދޭން ނުރައްކާތެރިވާ މިންވަރަށް ވަނީ ހަލާކުވެފައެވެ.

މި މައްސަލަތައް ހައްލުނުވެ ހުންނަތާ ފަސް ވަރަކަށް އަހަރު ވެފައިވާ ކަމަށް ދަނބިދޫ ބެެލެނިވެރިއަކު ބުންޏެވެ. އެހެންވެ މިއަދު ހެނދުނު 6:15 ހާއިރު ބެލެނިވެރިން ނުކުމެ، ސްކޫލު ބަންދުކުރީއެވެ. އޭރުން ފެށިގެން ގިނަ އިރުތަކެއްވަންދެން ބެލެނިވެރިން މުޒާހަރާކުރިއެވެ.

އަދި ސުކޫލުގެ ކިޔެވުން ފަށާނީ މައްސަލަތައް ހައްލުވުމުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

މިކަމާގުޅޭގުތޮން އެޑިއުކޭޝަން މިނިސްޓްރީއިން އަދި އެއްވެސް ބަހެއް ނުބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ