މާލެ: 31°C
ޓީޗަރުންނަށް ލައިސެންސް ދޫކުރުމުގެ ގަވާއިދު އާންމުކޮށްފި

ޓީޗަރުންނަށް ލައިސެންސް ދޫކުރުމުގެ ގަވާއިދު އާންމުކޮށްފި

July 25, 2023
2 ފަހަރު ބަލާފައި
ޓީޗަރުންނަށް ލައިސެންސް ދޫކުރުމުގެ ގަވާއިދު އާންމުކޮށްފި
ރާއްޖޭގެ ސްކޫލުތަކާއި އެނޫންވެސް ތަންތަނުގަިއ މަސައްކަތްކުރާ، މުދައްރިސުން ރަޖިސްޓްރީކޮށް ލައިސެންސް ދިނުމުގެ ގަވާއިދު މިއަދު ގެޒެޓުކޮށްފި އެވެ. އެ ގަވާއިދުގައިވާ ގޮތުގައި ސްކޫލްތަކާއި ސްކޫލްތައް ނޫން ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން ޓީޗަރެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޓްރެއިނީން ފިޔަވައި އެހެން ހުރިހާ މުއްޒަފުން ލައިސަންސް ނަގަން ޖެހެއެވެ. އެ ލައިސެންސް ދޫކުރަނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އިން އައްޔަން ކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާ އިރު މިހާރު މަސައްކަތް ކުރާ މުވައްޒަފުން ވެސް ބޯޑުން އަންގާ ގޮތެއްގެ މަތިން ރަޖިސްޓްރީވާން ޖެހެއެވެ. ގަވާއިދުގައިބުނެފައި ވަނީ "މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތިން، ރަޖިސްޓްރީވެ، ލައިސެންސް ހޯދަން ވާނެ" ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ