މާލެ: 31°C

ޓެކްސީ ކުރަން އިންސްޓޯލްމެންޓަށް ކާރު ދޫކުރުމަކީ ޕްލޭންގައި އޮތްކަމެއް، މިއަހަރު ދޫކުރާނަން: ރައީސް

January 9, 2023
2 ފަހަރު ބަލާފައި
ޓެކްސީ ކުރަން އިންސްޓޯލްމެންޓަށް ކާރު ދޫކުރުމަކީ ޕްލޭންގައި އޮތްކަމެއް، މިއަހަރު ދޫކުރާނަން: ރައީސް
ޓެކްސީ ކުރަން އިންސްޓޯލްމެންޓަށް ކާރު ދޫކުރުމަކީ ޕްލޭންގައި އޮތްކަމެއް، މިއަހަރު ދޫކުރާނަން: ރައީސް
ޓެކްސީ ޑްރައިވަރުންގެ ކާރުތައް ސަރުކާރުން ގަނެ، އެމީހުންނަށް އެހެން ހުނަރެއް ދަސްކޮށް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު އެވާހަކަފުޅަށް ރައްދު ދެއްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ބ. އޭދަފުށީގައި އެޕާޓީގެ މެމްބަރުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަމިއްލަ މީހުންގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް (ނަޝީދު) އެބަ ވިދާޅުވާ ކަމަށާއި ޓެކްސީތައް ސަރުކާރަށް ނެގުމަކީ ވަކިވަކި ފަރުދުންގެ ވިޔަފާރިއަށް ސަރުކާރުން ވަނުން ކަމަށެވެ. އެއީ ކަންތައް ކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ކުރަން ޖެހޭ ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާގޮތަށް ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އާ ކާރު ދިނުމެވެ. "އިރާދަކުރެއްވިއްޔާ، އެއީ އަޅުގަނޑުމެންގެ ޕްލޭނުގައި ވެސް އޮތް ކަމެއް. މިއަހަރުގެ ތެރޭގައި އަަޅުގަނޑުމެން އެގޮތަށް ޓެކްސީ ރާއްޖެއަށް  ގެނެސް، މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތުގައި ]ފައިސާ ދައްކައި[ ހަލާސްކުރާ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކުރާނަން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ތެރެެއަށް ސަރުކާރުން ވަންނަ ވާހަކަ ދައްކަނީ މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން އިންވެސްޓްކުރާތީ ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށް ނުލެވެނީ އެއީ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް ނުވާނެތީ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ