އަވަސް އެޕް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ދެމުން ދިޔަ ޑްރައިވަރެއް ބޭއަދަބީކޮށް މުއާމަލާތްކޮށް ފަސިންޖަރު ބޭނުންވި ތަނަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުނިން ފިޔަވަޅު އަޅައި އެ މައްސަލަ ފުލަހަށް ވެސް ހުށަހަޅައިފި އެވެ.
އަވަސް އެޕުން ރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރުގައި އަވަސް އެޕްްގެ ޑްރައިވަރު، މުހައްމަދު ވާފިރު ބޭއަދަބީކޮށް މުއާމަލާތްކޮށް ފަސިންޖަރު ބޭނުންވި ތަނަށް ނުގެންދިޔަ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެއާއެކު އެ މައްސަލަ ތަހުގީގުކޮށް އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ހިދުމަތެއް [އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު] މިހާރު ދާއިމީކޮށް ކަނޑާލައިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ޓެކްސީތަކުން ބޭލުމާއި، ބޭނުންވާ ތަންތަނަށް ގެންގޮސް ނުދިނުމާއި އަދި ދަތުރެއްގައި އިންދާ އެހެން ބަޔަކު އެރުވުން ފަދަ މައްސަަލަތައް ވަރަށްގިނަައިން މާލެ ސަރަހައްދުގައި ފެންމަތިވެ އެވެ.







