ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސާއެކު 4 މެންބަރަކު ވަކިކުރުމަށް ސަރުކާރަށް ލަފާދިނުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފު އާއި މެންބަރު ހަޖީދާ ނައީމް ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައިވަނީ އެ ބޭފުޅުންނާމެދު ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން އެ ކޮމެޓީން ބަލާފައިވާ މައްސަލައެއްގައެވެ. އެގޮތުން މިއަދުގެ މަޖިލިސްގެ ތަޅުމަށް ކޮމެޓީގެ ނިންމުން ހުށަހަަޅައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ކޮމިޓީ ރިޕޯޓު ފާސްކުރަން ފެންނަކަމަށް 63 މެންބަރުން ވޯޓްދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސާއެކު 4 މެންބަރަކު ވަކިކުރަން ސަރުކާރަށް ލަފާދިނުމަށް މަޖިލީހުން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސާއެކު 4 މެންބަރަކު ވަކިކުރަން ސަރުކާރަށް ލަފާދިނުމަށް މަޖިލީހުން ފާސްކޮށްފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
