މާލެ: 31°C

ސުޕްރީމް ކޯޓަށް ފައްޔާޒުގެ އިލްތިމާސް: އިތުބާރުކުރެވޭ ހަމައެކަނި މުއައްސާއަކީ ތިއީ، ޤާނޫނުއަސާސީ ޙިމާޔަތްކޮށްދީ 

February 1, 2025
156 ފަހަރު ބަލާފައި
ސުޕްރީމް ކޯޓަށް ފައްޔާޒުގެ އިލްތިމާސް: އިތުބާރުކުރެވޭ ހަމައެކަނި މުއައްސާއަކީ ތިއީ، ޤާނޫނުއަސާސީ ޙިމާޔަތްކޮށްދީ 
މާލޭގެ މަގުތައްތައް ފުރާލައި ރޭ އެމް.ޑީ.ޕީ އިން އިންތިޒާމްކޮށްގެން ބޭއްވި ފުދިއްޖެ ފުނޑިއްޖެ ބޮޑު މުޒާހާރާގައި އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް  ޤާނޫނުއަސާސީ ހިމާޔަތްކޮށްދޭން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފިއެވެ.

މި މުޒާހާރާގައި ރައްޔިތުންނާ މުހާތަބުކުރައްވައި ފައްޔާޒު  ދެއްކި ވާހަކަގައި ބުނެފައިވަނީ މިނިވަންކަމެއް އޮތް ކަމަށް ދެކޭ ހަމައެކަނި މުއައްސަސާއަކީ ސުޕްރީމް ކޯޓު ކަމަށާއި، ޤާނޫނުއަސާސީ ކަސްތޮޅު އަޅުވައި މަޖިލީހުން ފާސްކޮށްފައިވާ އިސްލާހާ ގުޅޭ މައްސަލަ  މި މަހުގެ 17 ވަނަ ދުވަހަށް  ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާއިރު ދިވެހި ރައްޔިތުން ވޭތުވެދިޔަ 25 އަހަރު ތެރޭގައި ކުރި ޑިމޮކްރެސީގެ ދަތުރަށް ވިސްނަވާ ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ހައްޤުތައް ހިމާޔަތްކޮށްދިނުމަށް ފަސްޖެހިވަޑައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފައްޔާޒު ގޮވާލެއްވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވެފައިވަނީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި ދިވެހި ރައްޔިތުން ކުރި މައްސައްކަތް ހިފަހއްޓާ ނަގަހައްޓަނީ ކޮންބައެއްކަން ދިވެހި ރައްޔިތުން ބަލަންތިބިކަމަށާއި، ރައްޔިތުންގެ ގެ އިތުބާރު ދަމަހައްޓަވައި ޤާނޫނު އަސާސީ ގަނަގަހައްޓައަި ދަމަހައްޓާނެ ކަމުގެ މައްޗަށް ސްޕްރީމް ކޯޓްގެ ކިބައިން ރައްޔިތުންކުރާ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އިންތިހާބުވެފައިވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެއްވެސް ސަބަބަކ ހުރެ އެ ޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިސް ގޮނިޑި ގެއްލޭ ގޮތަށް ޕީ.އެން.ސީ ގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަކީ އެފަދައިން ގެނެވިދާނެ އިސްލާހެއް ނޫންކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަގާއި އަޑުއެހުންތައް މި މަހުގެ 17 ވަނަ ދުވަހުގައި ފެށުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ