ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އިތުރު ދެ ފަރާތަކުން ކުރިމަތި ލައިފިއެވެ.
ދެ ވަނަ ފަހަރަށް ހުޅުވާލި ފުރުސަތު މިއަދުގެ ހެނދުނުގެ 10:00 އަށް ހަމަވެފައިވާއިރު އެ މަގާމަސް އިތުރަށް ކުރިމަތިލާފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު އާއި ގާނޫނީ ވަކީލެއް ކަމުގައިވާ ރުސްދުﷲ އިބްރާހީމެވެ.
ޖޭއެސްސީ އިން ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވާފައިވަނި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ. އެހެންކަމުން އިތުރަށް ހުޅުވާލި ފުރުސަތުގައި އަލަށް ހުށަހަޅާ ފަރާތްތަކުގެ އިތުރުން ނިހާޔަތުގެ އެޕްލިކެޝަންވެސް ބަލައިގަތުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
ޝަހީދު ވަނީ ކުރިން ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރައްވައިފަ އެވެ. ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ.







