މާލެ: 31°C

ސްޕްރީމްކޯޓަށް ފަނޑިޔާރަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

March 13, 2025
161 ފަހަރު ބަލާފައި
ސްޕްރީމްކޯޓަށް ފަނޑިޔާރަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި
ސްޕްރީމްކޯޓަށް ފަނޑިޔާރަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ސްޕްރީމްކޯޓަށް ފަނޑިޔާރަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޙުސްނުއްސުޢޫދު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މި މަމަހުގެ 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ ސުންގަނޑި މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހަމަވިއިރު އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަނެއްކާވެސް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

މިފަހަރު ކޮށްފައިވާ އިއުލާނުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. ކުރިން ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނާ ގުޅިގެން ފަނޑިޔާރުކަމަށް އެދި ހުސަހަޅާފައިވަނީ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފަފައިވާ މަރްޔަމް ނިހާޔަތު އެކަންޏެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ