މާލެ: 31°C

ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފި

February 26, 2025
152 ފަހަރު ބަލާފައި
ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފި
ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވި ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނައުމުގެ އިސްލާހު ދާދި ދެންމެއަކު ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވި ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނައުމުގެ އިސްލާހު ދާދި ދެންމެއަކު ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފިއެވެ.

ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނައުމާމެދު ޕީއެންސީގެ ބައެއް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެފައިވީ ނަމަވެސް އިއްޔެ އެ ބިލު ބަލައިގަތުމަށްވެސް ޕީއެންސީގެ 64 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި އެ ބިލު މިއަދު ފާސްކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ ވޯޓުން އެކަންޏެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 9 މެންބަރުންނެވެ.

މި ބިލުގެ ވޯޓަށް އަހާފައިވީ މެމްބަރުންގެ ނަން ރިޔާސަތުން އިއްވުމުން ވަކިން އަތްމައްޗަށް ނަގައިގެންނެވެ. އެކަން އެހެން ކުރިއަށް ގެންދަވަން ނިންމެވީ މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، އެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ. މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އަންގައިފަ އެވެ. އަދި ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ރޭ ވަނީ ނެރެފަ އެވެ. އަޒާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، ވޯޓުގެ ވަގުތު ޖެހުމުން އޭނާ ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރުމުގެ ބިލާ ގުޅޭގޮތުން މަޖިލީހުގެ އަމީންއާމް ފިލްޒާވެސް ވަނީ އެ ގޮތަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރެވިދާނެތޯ ސްވާލް އުފައްދަވާފައެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ