މާލެ: 31°C

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދުމަށް އިބުރާ ހައިކޯޓަށް މައްސަލައެއް ހުށައަޅައިފިި

March 1, 2025
164 ފަހަރު ބަލާފައި
ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދުމަށް އިބުރާ ހައިކޯޓަށް މައްސަލައެއް ހުށައަޅައިފިި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ، ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

"އެކްސް" ގައި މިރޭ ކުރި ޕޯސްޓެއްގައި ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގައި "ތަޅު" އަޅުވާފައި އޮތުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ރައްޔިތުންގެ ހައްގުތައް ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ބާރު އޭރުން ދިޔައީ ކަަމަށް ވިދާޅުވި އެވެ.

އިބުރާ ހުށައެޅި މައްސަލަ ބަލައިގަތްކަން އަދި އެނގޭކަން ނެތެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ