މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށާއި، އަދި ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ މީހުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ މީހުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށާއި، މިދިޔަ އަހަރު ހުޅުވާލީ 10 ފުރުސަތުކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެމްބީބީއެސް ހަދަން 55 ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ އަހަރު ހުޅުވާލީ 25 ފުރުސަތުކަމަށް ވެސް މިނިސްޓަރު ވިދާޅުވީއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި، މިދިޔަ އަހަރު ހުޅުވާލީ 10 ފުރުސަތު ކަމަށެވެ. އަދި ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"މި އަހަރުގެ ސްކީމަށް ހާއްސަވާ އަނެއް ސަބަބަކީ، މިދިޔަ އަހަރު ފުރަތަމަ ޑިގްރީ ކިޔަވަން ދިޔަ ދަރިވަރުންނަށް ލޯނަށް އެޕްލައި ކުރިއިރު، އެޕްލައި ކުރެވުނީ ވަކި ދާއިރާތަކަކުން އެކަނި. އެހެން ނަމަވެސް، މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރަކު އިތުރު އެހީ ބޭނުންވާ ނަމަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.







