މާލެ: 31°C

ސްޓޫޑެންޓް ލޯން ދެއްކުމުގެ ބުރަ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

February 6, 2023
2 ފަހަރު ބަލާފައި
ސްޓޫޑެންޓް ލޯން ދެއްކުމުގެ ބުރަ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ސްޓޫޑެންޓް ލޯން ދެއްކުމުގެ ބުރަ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ސްޓޫޑެންޓް ލޯން ދެއްކުމުގެ ބުރަ ލުއިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖްލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު އިއްވަވާ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ސްޓޫޑެންޓް ލޯން ދެއްކުމަށް ދަރިވަރުންނަށް ކަންބޮޑުވުންތަކެއް ހުރިކަމަށާއި، އެ ބުރަ ލުއިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހި ދަރިވަރުންނަަކީ ފަންނާއި ހުނަރާއި ތައުލީމު ހޯދުމުގައި ހަމަ އެކަނި ރާއްޖޭގެ އަސްދަނޑިން އެތެރެއިން ނިންމާލަން ތިބި ބައެއް ނޫން ކަމަށެވެ. އެކަން ހާމަވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ލޯނު ފުރުސަތަށް އެދޭ ދަރިވަރުންގެ ގިނަކަމުންނެވެ. "މިހާ ތަނަށް 1986 ދަރިވަރަކަަށް ސްޓޫޑެންޓް ލޯނުގެ ފުރުސަތު ދީފިން، އަދި ލޯނުތަކުގެ ތަކުލީފް ކުޑަކުރުމަށްޓަކާ، ސްޓޫޑަންޓް ލޯން ސަރުކާރުން ރިސްޓްރަކްޗާ ކޮށްފި، ކުރިން ފަސް ޕަސެންޓްގައި ހުރި އިދާރީ ފީ އެއްޕަސެންޓަށް ކުޑަކޮށްފި، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފި " ރައީސް ވިދާާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސްޓޫޑެންޓް ލޯނުގެ އުސޫލަށް އެ ގެނައި ބަދަލާ އެކު، ކުރީގެ ބޮޑު ރޭޓުން ދެއްކި ފައިސާ ލޯނުތަކުގެ ޖުމްލަ އަދަދުން އުނިވެސްކޮށްފައިވާ ކަމަށެވެ. ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވާނީ މަދުކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "މީގެ ކުރިން ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔެވި ދަރިވަރުންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މަސައްކަތްކުރާނީ އުފެއްދުންތެރި ހަރުދަނާ، ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ. މަސައްކަތްތެރި ޖީލެއް އުފައްދަން ސަރުކާރުން ކުރަމުން އަންނަ އެހެން ބައެއް މަސައްކަތްތައް ވެސް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެ ދެއްވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޕޮލޮޓެކްނިކް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް އެގޮތުން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެެއިން، ރ.އަލިފުށީގެ ގާއިމްކުރާ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގައި އަޅާ ޖޫނިއަ ކޮލެޖްގެ އަމަލީ މަސައްކަތް ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް ވަނީ ފަށައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ