މާލެ: 31°C

ެއެސްޓީއޯ ސްޕަމާކެޓްގެ ނަމުގައި ފޭކް ޕޭޖަކުން ބޮޑު ސްކޭމްއެއް! ސަމާލުވޭ!

February 19, 2025
276 ފަހަރު ބަލާފައި
ެއެސްޓީއޯ ސްޕަމާކެޓްގެ ނަމުގައި ފޭކް ޕޭޖަކުން ބޮޑު ސްކޭމްއެއް! ސަމާލުވޭ!
އެސްޓީއޯ ސުޕަމާރކެޓްގެ ނަމުގައި "ފޭކް" ފޭސްބުކް ޕޭޖެއް ހަދައިގެން ބޮޑު ސްކޭމްއެއް ހިންގަން ފަށައިފިއެވެ.

އެސްޓީއޯ ސުޕަމާރކެޓްގެ ނަމުގައި "ފޭކް" ފޭސްބުކް ޕޭޖެއް ހަދައިގެން ބޮޑު ސްކޭމްއެއް ހިންގަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ސްޕަމާކެޓްގެ ނަމުގައި ފޭކް އެކައުންޓެއް ހިންގާކަން އެ ކުންފުންޏަށް އެނގުނީ، ފޭކް ފޭސްބުކް އެކައުންޓަށް މެސެޖްކޮށްގެން އިނާމު ލިބުނު ކަމަށް ބުނާ ބައެއް މީހުން އެސްޓީއޯއަށް އިނާމު ހޯދަން ގުޅަން ފެށުމުންނެވެ. 


އެސްޓީއޯ ސްޕަމާކެޓްގެ ނަމުގައި ހިންގާ ފޭކް އެކައުންޓްގެ މައުލޫމާތު ގަނެވިއްކާ ޕޭޖްތަކުގައިވެސް ގެންދަނީ ދައުރުވަމުންނެވެ. 
އެސްޓީއޯއިން ބުނީ ސްޕަމާކެޓުން މިދުވަސްވަރު އެފަދަ އެއްވެސް ޕްރޮމޯޝަނެއް ހިންގަމުން ނުދާ ކަމަށެވެ. އަދި އެ ސްކޭމުގައި އެއްވެސް ފަރާތަކުން ނުޖެހުމަށް އެސްޓީއޯއިން އެދެއެވެ. 

ފޭކް ފޭސްބުން ޕޭކް ބުނާ ގޮތުން "ކޮންގްރޭޓިއުލޭޝަން" މެސެޖް ފޮނުވައިގެން ފޯނާއި ފައިސާގެ އިނާމާއި އެނޫންވެސް އަގުހުރި އިނާމުތައް، ނަސީބުވެރި ފަރާތްތަކަށް ލިބޭނެއެވެ. އެސްޓީއޯއިން ބުނީ އެއީ ބޮޑު ސްކޭމެއް ކަމަށާއި އެ ދޮގު ހަދާ ބަޔަކު އެކަން ވަގުތުން ހުއްޓާލަން އެދޭ ކަމަށެވެ. 

މައުލޫމާތުލިބިފައިވާ ގޮތުގައި މި ސްކޭމް ހިންގާފައިވަނީ "އެސްޓީއޯ ސްޕަރމާރކެޓް"ގެ ނަމުގައި މިއަދު ހެދި ފޭސްބުކް ޕޭޖަކުންނެވެ. މިއަދު ހަވީރު ޕޯސްޓްކުރި މި ޕޯސްޓް މިހާތަނަށް ތިންސަތޭކައެއްހާ މީހުން ޝެއަރކޮށް ކޮމެންޓްކޮށަފައިވެއެވެ. 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ