މާލެ: 31°C
އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕޯސް އިމާރާތެއް އަޅަނީ

އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕޯސް އިމާރާތެއް އަޅަނީ

August 6, 2024
2 ފަހަރު ބަލާފައި
އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕޯސް އިމާރާތެއް އަޅަނީ

މާލޭ ހުޅަނގުފަރާތުން އެސްޓީއޯ މައިއޮފީހުގެ ދެކުނުން އޮންނަ ބިމުގައި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމަށް ނިންމައި އެ މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެސްޓީއޯއިން ކޮށްފައިވާ އިޢުލާނުގައިވާގޮތުން މަލްޓިޕާޕޯސް އިމާރާތެއްގެ ގޮތުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެ އިމާރާތަކީ އެސްޓީއޯގެ ފަރާތުން 15 ޕަސެންޓް އިކުއިޓީ ދީގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރެވޭ އިމާރާތެކެވެ. އެސްޓީއޯއިން ކުރުމަށް ހަމަޖެހިފައިވާ 25 ބުރީގެ އައު އިމާރާތުގައި ކުލާސްރޫމްތަކާއި، އޮޑިޓޯރިއަމްތަކާއި، ޖިމަކާއި، މަލްޓިޕާޕޯސް ހޯލެއްވެސް އަދި ޕާކީން ވެސް ހިމެނެއެވެ. އިއުލާނުގައިވާގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ