މާލެ: 31°C

ކާށި ދެން އަގު ބޮޑެއް ނުވާނެ، މާދަމާއިން ފެށިގެން ފަސް ރުފިޔާއަށް ކާއްޓެއް އެސްޓީއޯއިން ވިއްކާނެ

February 14, 2025
157 ފަހަރު ބަލާފައި
ކާށި ދެން އަގު ބޮޑެއް ނުވާނެ، މާދަމާއިން ފެށިގެން ފަސް ރުފިޔާއަށް ކާއްޓެއް އެސްޓީއޯއިން ވިއްކާނެ
ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ދުރާލައި އިންޑިއާއިން ގެނައި ކާށި މާދަމާ ވިއްކަން ފަށަން ނިންމައިފި އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ދުރާލައި އިންޑިއާއިން ގެނައި ކާށި މާދަމާ ވިއްކަން ފަށަން ނިންމައިފި އެވެ.

ރޯދަ މަހާ ދިމާކޮށް މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބާޒާރުގައި ކާށީގެ އަގު އުފުލިފައިވާތީ އެސްޓީއޯ ވަނީ ފުރަތަމަ ކާށި ޝިޕްމަންޓް އެތެރެކޮށް މާދަމާއިން ފެށިގެން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އެ ކާށި ވިއްކަން ފަށާނެކަން ހާމަކޮށްފަ އެވެ.

ބާޒާރުގައި ކާށި އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރިއިރު އެސްޓީއޯއިން ކާށްޓެއް ވިއްކަން ނިންމާފައިވަނީ 5 ރުފިޔާ އަށެވެ.

ރޯދައާ ދިމާކޮށް އެސްޓީއޯއިން ގެނައި ލުނބޯވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން އެސްޓީއޯއިން މިހާރު ދަނީ 4 ކެޓެގެރީއެއްގެ ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވަމުންނެވެ.

އޭގެ ތެރޭގައި؛

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރުތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ