އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގުތަށް ހެޔޮކޮށްފިއެވެ.
ރޯދަމަހާ ދިމާކޮށް ކެއިންބުއިމަށް ބޭނުންކުރާ ޒަރޫރީ ބާވަތަކުގެ އަގުތަށް ހެޔޮއަގުގައި ހިފެހެއްޓުމްށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެސްޓީއޯއިން އެތެރެކޮށް ވިއްކަމުންއަންނަ ފިޔާ، ބިސް، އަލުވި އަދި ލޮނުމެދުގެ އަގުތަށް އަނެއްކާވެސް ހެޔޮކޮށްފިއެވެ.
އެގޮތުން އެސްޓީއޯއިން މިއަދުންފެށިގެން ފިޔާ ކިލޯއެއް ވިއްކަން ހަމެޖެހިފައިވަނީ 14 ރުފިޔާއަށެެވެ. އަދި ފިޔާ ބަސްތާއެއް ވިއްކާނެ އަގަކީ 335 ރުފިޔާއެވެ. އަދި ބިސް ވަކިން 2 ރުފިޔާއަށް ވިއްކާއިރު ކޭހެއް ވިއްކާ އަގަކީ 350 ރުފިޔާއެވެ. މީގެ އިތުރުން އަލުވި ކިލޯއެއް 25 ރުފިއާށް އަދި ބަސްތާއެއް ވިއްކާނީ 515 ރުފިޔާއަށެވެ.
އެސްޓީއޯއިން ތާޒާ ލޮނުމެދުވެސް މިއަދުވަނީ ބާޒާރާށް ނެރެފައެވެ. ލޮނުމެދު ކިލޯއެއް ވިއްކަމުންދާ އަގަކީ 45 ރުފިޔާއެވެ.







