އެސްޓީއޯއިން އަމްރަށް ޝުކުރު އަދާކުރުުމުގައި ދެދުވަސް

އެސްޓީއޯއިން އަމްރަށް ޝުކުރު އަދާކުރުުމުގައި ދެދުވަސް
ލިޔުން:
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި އެކުންފުނީގެ ސީއީއޯ ކަމުން ހުސައިން އަމްރު މުހައްމަދު ރަޝާދު ވަކިކުރުމުން. އެކުންފުންޏާއި އެކުންފުނީގެ ސަބްސިޑަޔަރީ ކުންފުނިތަކުން އޭނާއަށް ޝުކުރު އަދާކުރުން ދެ ދުވަހަށް ދެމިގެން ހިނގައްޖެ އެވެ.
އަމްރު މަގާމުން ވަކިކުރި ކަން އިއުލާނުކުރުމާއި އެކު އޭނާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ހޭންޑުލް ތަކުން އާދީއްތަ ދުވަހު ފުރަތަމަ ޕޯސްޓްތަކެއް ޝާއިއުކުރި އެވެ. އެ ޕޯސްޓްތަކުގައި ބުނީ އެކުންފުންޏަށް އޭނާ ކޮށްދެއްވާފައި ވަނީ އަގު ނުުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކަމަށާއި އެކަމަށް ޓަކައި ޝުކުރުއަދާކުރާ ކަމަށެވެ. އެސްޓީއޯގެ ސޯޝަލް މީޑިއާ ހޭންޑުލް ތަކުން ޝުކުރުގެ އެ މެސެޖްތައް ހިއްސާކުރީ އާދީއްތަ ދުވަހު ހަވީރު އެވެ.
[embed]https://twitter.com/stoplc/status/1639973486994276353?s=20[/embed]
ޖެހިގެން އަދި ދުވަހު (އިއްޔެ) އަމްރަށް ޝުކުރު އަދާކޮށް އެންމެ ފުރަތަމަ ޕޯސްޓެއް ޖެހީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުނި އެލައިޑް އިންޝުއަރެންސުންނެވެ. އިއްޔެ މެދުރު ފަހު 12:42 ގައި އެލައިޑްގެ ފޭސްބުކް ޕޭކުން ހިއްސާކުރި އެ ޕޯސްޓް، ވެސް އެސްޓީއޯގެ ފޭސްބުކް ޕޭޖުން އަނެއްކާ ހިއްސާކުރި އެވެ. މެންދުރު ފަހުން 3:00 އާ ގާތްވެފައި ވަނިކޮށް، އަމްރަށް ޝުކުރު އަދާކުރުމުގެ ޕޯސްޓެއް ހިއްސާކުރީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުނި މިފްކޯއިންނެވެ.
[embed]https://twitter.com/alliedmv/status/1640258154637430784?s=20[/embed]
އަމްރަށް ޝުކުރު އަދާކުރުމުގެ ޕޯސްޓްތައް ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން ލިމިޓެޑް (އެމްއެސްއެސް) އިންނެވެ. އެ ދެޕޯސްޓްގެ ތެރެއިން ވެސް އަމްރަށް އެންމެ ބޮޑަށް ތައުރީފުކޮށްފައި އޮތީ އެމްއެސްއެސް އިންނެވެ. އަމްރުގެ ފޮޓޯއަކާ އެކު އެކުންފުނިން ސޯޝަލް މީޑިއާއަށް ދޫކޮށްލި، ނިސްބަތުން ދިގު ލިއުމުގައި ބުނި ގޮތުގައި އެކުންފުނި އުފެއްދުމުގެ ފަހަތުގައިވާ "މެއިން ވިޝަނަރީ" އަކީ އަމްރެވެ.
[embed]https://twitter.com/stateshippingmv/status/1640648027093483520?s=20[/embed]
"...ދިވެހި ރާއްޖޭގެ ޝިޕިން އިންޑަސްޓްރީގެ ކުރީގެ ރަން ޒަމާނަށް އިއާދަކުރުމަށް ޓަކައި އޭނާ ގެންގުޅުއްވި ތަަސައްވުރާއި، އޭނާގެ ލާމަސީލު އިރުޝާދާއި، އުފެއްދުންތެރި އަދި ބަދަލުކުރުވަނިވި ލީޑަޝިޕް ސްޓައިލަކީ އަޅުގަނޑުމެންގެ [މިކުންފުނީގެ] ކުރިމަގު ބިނާކުރުުމުގައި މުހިއްމު ކަންތައްތަކެކެވެ. އެންމެ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވެފައި މިވަނީ ފައިދާވާ ކުންފުންޏަކަށެވެ،" އެމްއެސްއެސް އިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ލިއުމުގައި ވެ އެވެ.
އެސްޓީއޯގައި އަދާކުރެއްވި މަގާމުތަކުން އަމްރު ވަކިކުރަން ސަރުކާރުން ޕީސީބީއަށް އެންގީ ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ބަދަަލުތައް ގެންނަ އާއްމު އުސޫލުންނެވެ. އެހެން ނަމަވެސް އޭނާ ވަކިކުރީ ސިޔާސީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާތާ ދުވަސްތަކެއް ވީފަހުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
