
އެސްޓީއޯގެ އެމްޑީކަމުން އަމްރު ވަކިކުރަން އަންގައިފި
އެސްޓީއޯގެ އެމްޑީކަމުން އަމްރު ވަކިކުރަން އަންގައިފި
ލިޔުން:
ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ލިމިޓެޑް (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ހުސައިން އަމްރު ވަކިކުރަން ރައީސް އޮފީހުން މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އަންގައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިނިވަން" އަށް ވިދާޅުވީ ކުންފުނިތަކުގެ ހިންގުމަށް ސަރުކާރުން އަބަދު ވެސް ބަދަލުތައް ގެންނަން ކަމަށާއި އަމްރު ވަކިކުރުމަކީ ވެސް އެފަދަ ބަދަލެއް ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެނޭ. އެގޮތުން ގެންނަ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ އެމްޑީކަމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރު ކަމުން އަމްރު ވަކިކުރަން ނިންމާފައި ވާއިރު، އޭނާ ގެންދަވަނީ އެމްޑީޕީގައި އޮންނަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅު، "ފިކުރެއްގެ ދިރުން" ފެކްޝަންގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ. އެ ފެކްޝަނުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
