"މިސާލަކަށް އަޅުގަނޑުމެން ބަލަމާ ހިނގާ އެސްޓީއޯގެ އެމްޑީ [ހުސައިން އަމްރު]، އެސްޓީއޯގެ އެމްޑީ އަކީ ވެސް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރި ފަރާތެއް. އެސްޓީއޯ އެމްޑީ، ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި މިވަގުތު ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްގެން އެ ކެމްޕޭނުގައެއް ނޫން ދިޔައީ. އެކަމަކު އެސްޓީ އެމްޑީ ވެސް އެހެރީ، ފިޔަވަޅެއް ވެސް އެޅީކީ ނޫން،" ޔައުގޫބު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އެސްޓީއޯގެ އެމްޑީއަށް ސަރުކާރުން ފިޔަވަޅު ނާޅައި އޮތް ނަމަވެސް އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ބައިވަރު ކަންތައްތައް ފާހަވެފައިވާ ކަމަށެވެ. އެފަދަ އެއް ކަމަކީ އެސްޓީއޯގެ ބައެއް މުވައްޒަފުން، އެތަނުގެ އެމްޑީ ތާއީދުކުރެއްވި ކެންޑިޑޭޓް (ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު)ގެ ކެމްޕޭނަށް ދާން، ޗުއްޓީއަށް ނޭދެނީސް ޗުއްޓީ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއަށް ވުރެ ވެސް ކަންބޮޑުވާ ކަމަކީ އެސްޓީއޯގެ މުވައްޒަފުންގެ ރިޑަންޑަންސީ ޕޮލިސީ އެކުލަވައިލި އިރު، އެ ކުންފުނީގެ އެމްޑީ ވަކިކުރާ ހާލަތެއްގައި އޭނާއަށް އެއް މިލިޔަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ހެދުން ކަމަށް ޔައުގޫބު ތުހުމަތު ކުރެއްވި އެވެ. "މިއީ ރޯމާދުވާލު ދިވެހި ރައްޔިތުންގެ ފައިސާ ހަމަ ލޫޓުވުން،" ޔައުގޫބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތައް ބަދަލުވާ އިރު ޕަބްލިކް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުން ބަދަލުވުމަކީ ރާއްޖޭގައި އާއްމުކޮށް އަމަލުކުރަމުން އަންނަ ގޮތް ކަމަށް ވާއިރު ރިޑަންޑަންސީ ޕޮލިސީގައި އެ މަގާމުތައް ނުހިމެނޭނެ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބަލަން ޖެހޭނެ ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ. ޔައުގޫބު ވިދާޅުވީ އެސްއޯއީ ކޮމިޓީން އެ މައްސަލަ ނުބަލައިފި ނަމަ މާލިއްޔަތު ކޮމިޓީން ނަމަވެސް އެ މައްސަލަ ބަލާނެ ކަމަށެވެ.
އެސްޓީއޯގެ އެމްޑީ އަމްރަށް މެމްބަރު ޔައުގޫބުގެ ބޮޑެތި ތުހުމަތުތަކެއް!

އެސްޓީއޯގެ އެމްޑީ އަމްރަށް މެމްބަރު ޔައުގޫބުގެ ބޮޑެތި ތުހުމަތުތަކެއް!
ލިޔުން:
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސައްކަތުގެ މާހައުލެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ ބިލަށް ކުރި ބަހުސްގައި ޔައުގޫބު ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މުވައްޒަފުން ސަރުކާރުގެ ސިޔާސަތާ ދެކޮޅު ހަދާ ނަމަ މަގާމުގައި ބައިތިއްބަން ނުޖެހޭ ކަމަށެވެ. އެހެން ނަަމަވެސް އެފަދަ މުވައްޒަފުން ވެސް މި ސަރުކާރުން ވަކިނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލަކަށް އޭނާ ގެންނެވީ އެސްޓީއޯގެ އެމްޑީ އަމްރުގެ ވާހަކަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
