މާލެ: 31°C
ސްޓެލްކޯއިން މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކާ، އިންޖީނު ގެނެސްފި

ސްޓެލްކޯއިން މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކާ، އިންޖީނު ގެނެސްފި

January 14, 2024
3 ފަހަރު ބަލާފައި
ސްޓެލްކޯއިން މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކާ، އިންޖީނު ގެނެސްފި
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. މާލޭގެ ކަރްނަޓުގެ ހިދުމަތްދޭ ކުންފުނި، ސްޓެލްކޯ އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބުނީ، މި އާއެކު ޕަވަރ ޖެނެރޭޓް ކުރާ ކެޕޭސިޓީ އިތުރުވެ، ހޫނު ދުވަސްވަރު ވެސް، މެދުނުކެނޑި 24 ގަޑި އިރު ކަރަންޓު ދެވޭނެކަމަށެވެ.
" މާތްﷲގެ އިރާދަފުޅާއެކު، ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް އަޅުގަނޑުމެންގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ." ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުންޏެވެ. [embed]https://twitter.com/STELCOMALDIVES/status/1746152489227878475[/embed]
އެކުންފުނީގެ މެނޭޖިން ޑިރެކްޓާ، ފަހުވީ ވިދާޅުވީ، ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށެވެ. 
" ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން." ހަފުމީ ދިވާޅުވިއެވެ.
އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ އިރު، އިޔާދަކުރުވަނިވި ހަކަތަ އުފެއްދުމަކީ ވެސް އަމާޒެއްކަމަށް، ފަހުމީ ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ