ސްޓެލްކޯއިން މާލެ ސިޓީކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެފި

ސްޓެލްކޯއިން މާލެ ސިޓީކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެފި
ލިޔުން:
މާލެ ސިޓީ ކައުންސިލުން ހެދި ދެ އުސޫލެއްގެ ދަށުން މާލޭގެ މަގުތަކުގައި ކުރާ މަސައްކަތަށް ނަގާތީއާ އަގު ބޮޑުކޮށްފައިވާތީ އެ އުސޫލުތަކަކީ ޤާނޫނާ ހިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށް ބުނެ، އެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ހައިކޯޓަށް މައްސަލަ ކޯޓުން ބަލައިގެންފިއެވެ.
ކޯޓުން މިމައްސަލަ ބައިލައިދަތީ ދެވަނަ ފަހަރަށް ހުށަހެޅުމުން ނެވެ.
ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ އޭރު ވިދާޅުވީ މައްސަލަ ހުށަހަޅާ ގާނޫނީ ސަބަބުތައް މައްސަލަ ހުށަހަޅާ ފޯމާ އެކީ ތަފްސީލުކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސްޓެލްކޯ އިން އަލުން މައްސަލަ ހުށަހެޅީ އެކަން އިސްލާހުކޮށްފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
[embed]https://minivan.mv/80289/[/embed]
ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެދެ އުސޫލު ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެއީ ބާތިލް އުސޫލަކަށް ވާތީ ކޯޓަށް ދަނީ ކަމުގައި ވެސް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
