ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ސަޕޯޓު ދޭނީ ހިލޭ ފަހުމީ ވިދާޅުވިއެވެ.އަދި ފެނަކައިގެ އެމްޑީ މުއާޒު ވިދާޅުވީ، އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ ޕަމްޕާއި ޖަނެރެޓަރުތައް ސާވިސް ކުރުމަށް ކަމަށާއި މި ދިޔަ އަހަރު އެކަނި ވެސް 117 މިލިއަން ރުފިޔާ އެ ކަމަށް ހޭދަކުރި ކަމަށެވެ. އެގޮތުން، ރަށްރަށަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި ފެނަކައަށް، މިކަމުގެ ސަބަބުން މިހާރު އޮތް މާލީ ދަތިކަމުގެ ހާލަތުން އަރައިގަތުމަށް ވަރަށް ބޮޑަށް އެހީވާނެ ކަމަށާއި ސާވިސް ކުރުމުގެ ހިދުމަތް ސްޓެލްކޯގެ އެހީގައި ހިލޭ ލިބިގެން ދިއުމަކީ އެ ކުންފުނިންދޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ. ސަރުކާރުގެ މި ދެކުންފުނިން މިއަދު ސޮއިކުރި މި އެއްބަސްވުމަކީ ފެނަކައިންދޭ އެހީ، އިތުރަށް ފުރިހަމައަށް ސިސްޓެމެޓިކް ކޮށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ.

ސްޓެލްކޯއިން ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ސްޓެލްކޯއިން ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ލިޔުން:
މާލޭގެ ކަރްނަޓުގެ ހިދުމަތްދޭ ކުންފުނި ކަމަށްވާ ސްޓެލްކޯއިން، ފެނަކަ އަށް، ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ.
މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ވަނީ ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ފަންނީ ގޮތުން އެހެނިހެން އެހީތެރިކަން ދިނުމަށް ނިންމާފައެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދި އިންޖިނިއަރިންގެ ތަމްރީނުތައް ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
