މާލެ: 31°C
ސްޓެލްކޯ އިން 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 14 އަހަރަށް ފަހު ދޮންއަދަރާދަ ހިނގުން ހުޅުވައިފި

ސްޓެލްކޯ އިން 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 14 އަހަރަށް ފަހު ދޮންއަދަރާދަ ހިނގުން ހުޅުވައިފި

March 10, 2024
3 ފަހަރު ބަލާފައި
ސްޓެލްކޯ އިން 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 14 އަހަރަށް ފަހު ދޮންއަދަރާދަ ހިނގުން ހުޅުވައިފި
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަމަގު 14 އަހަރަށްފަހު ރޭ އާންމުނަށް ހުޅުވާލައިފިއެވެ. އެމަގު ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ކެޕޭސިޓީ އިތުރުކުރުމަށް އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ދޮންއަދަރާދަ ހިނގުމަށް ވާގޮތަށް އިންޖީނުގެއެއް އެޅުމަށެވެ. ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ މަގެކެވެ. އެމަގު ބަންދުކުރުމަށްފަހު ސްޓެލްކޯގެ 17 އިންޖީނެއް އެތަނުގައި ބެހެއްޓިނަމަވެެސް، މިހާރު ވަނީ އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށްފައެވެ. އެމަގު ރަސްމީކޮށް ހުޅުވާދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ، އެ މަގު ހުޅުވުމުން ޓްރެފިކް ފްލޯއަށް މި ސަރަހައްދަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ދޮންއަދަރާދަމަގު ހުޅުވާލުމަށް ސްޓެލްކޯގެ ބަޖެޓުން 4.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ