ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޙަރަދުގައި ހައްޖާއި އުމުރާ ގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި ޝަރުތު ހަމަވާ މުވައްޒަފުންގެ ތެރެއިން 6 މުވައްޒަފެއް ހުރުއަތުން ހޮވިފައިވާ ކަމަށެވެ.
އެގޮތުން ހައްޖުގެ އަޅުކަމަށް ފޮނުވުމަށް ގުރުއަތުން ހޮވިފައިވަނީ 2 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފެކެވެ. އަދި އުމްރާގެ އަޅުކަމަށް ފޮނުވުމަށް ގުރުއަތުން ހޮވިފައިވަނީ 2 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފެކެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު މިއަހަރު އެ ކުންފުނިން ހުޅުވާލާފައިވަނީ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކިންނެވެ. އެގޮތުން ހައްޖުގެ އަޅުކަމަށް 102 މުވައްޒަފަކު ކުރިމަތިލި ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 84 މުވައްޒަފުން ކަމަށާއި، އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 218 މުވައްޒަފުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 215 މުވައްޒަފުން ކަމަށެވެ.
ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުން:
- އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
- ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
- އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރަން ގުރުއަތުން ހޮވުނު މުވައްޒަފުން:
- ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
- އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
- ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް
ސްޓެލްކޯ އިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބި މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަމަށް ފުރުސަތު ދެނީ ފަސް އަހަަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރަމުންދާ މުވައްޒަފުންނަށެވެ.







