އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ ހަވާލުކޮށްފި އެވެ.
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ސިވެކާ އެކު ސްޓެލްކޯއިން ވި އެއްވަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯ ގެ އެމްޑީ ފަހުމީ ވިދާޅުވީ ބައެއް އިވެންޓްތަކުގައި ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށް ރެސްކިއު އޮޕަރޭޝަންތައް ހިނގަން ޖެހިފައިވާ ކަމަށާއި، އެގޮތުން މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްދީފައިވާ ކަމަށާއި، އަދި މިފަހުން ހިނގާދިޔަ ހާދިސާ ފަދަ، ސްޓެލްކޯގެ އިމާރާތްތަކަށް ވައްކަންކުރަން ވަންނަ މީހުންނާ މުވައްޒަފުން ކުރިމަތިލާންވެސް ޖެހިފައިވާ ކަމށެވެ.
އެ ގޮތުން އެފަދަ ހާދިސާ ތަކުގައި ހުށިޔާރުކަމާއެކު ފަސްނުޖެހި ކުރިމަތިލަނީ މީ ކޮންބައެއްތޯ ބަލާއިރު އެ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން އެހެންކަމުން އެ ޓްރެއިނިންގ ތަކުގެ ބޭނުންތެރިކަން ވަރަށްވެސް ބޮދުކަމަށްވެސް އެމްޑީ ފަހްމީ ވިދާޅުވިއެވެ.
އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން،" އެމްޑީ ފަހުމީ ވިދާޅުވި އެވެ.
އެ ރަސްމީއްޔާތުގައި ސްޓެލްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ވިދާޅުވީ އެމްޑީ ފަހްމީގެ އިސްނެންގެވުމުގެ ކުންފުނީގެ ތަސައްވަރަކީ ރާވާލެވޭ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ގާއިމްކުރުން ކަމަށެވެ.
ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނު ހިންގުމަށް އެއްބަސްވި ދާއިރާތަކުގެ ތެރޭގައި، ބޭސިކް ފަސްޓް އެއިޑް އާއި، ފަޔާ އެވެއާނެސް އާއި، އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް އާއި، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން އާއި، ސުވިމިން އެންޑް ރެސްކިއު އާއި، ލައިފް ކޯޗިން ހިމެނެއެވެ. މީގެ އިތުރުން ފަޔާ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެއްބަސްވުމުގައި ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
އެގޮތުން އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން ވަނީ ފުރިހަމަކޮށްފައި ކަމަށާއި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށެވެ.







