
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ތިނަދޫ އަދި ރަކިދޫގައި އެކުންފުނިން ދެމުންދާ ހިދުމަތްތައް ބައްލަވާލައްވައިފި
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ތިނަދޫ އަދި ރަކިދޫގައި އެކުންފުނިން ދެމުންދާ ހިދުމަތްތައް ބައްލަވާލައްވައިފި
ލިޔުން:
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ، އެކުންފުނިން ވ.ތިނަދޫ އަދި ރަކީދޫގައި އެކުންފުނިން ދެމުންއަންނަ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބައްލަވާލައްވައިފިއެވެ.
ހުސައިން ފަހުމީ އާއި ސްޓެލްކޯގެ އިސްވެރިން މިއަދު ވަނީ ތިނަދޫއަށް ވަޑައިގެން ތިންދޫ އިންޖީނުގޭގެ އިތުރުން އެރަށުގައި އެކުންފުނިން ފެނުގެ ހިދުމަތް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މީގެ ތެރެއިން ފަހުމީ ވަނީ ތިނަދޫ ސްޓެލްކޯ އިންޖީނުގޭގައި މަސައްކަތްކުރާ މުއައްޒަފުންނާ ބައްދަލުކޮށް، ހިދުމަތް ދިނުމުގައި ތަނަށް އަދި މުއައްޒަފުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން ފަހުމީ ވަނީ ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ސްޓެލްކޯއިން އެ ރަށުގައި ދެމުންދާ ހިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
https://twitter.com/STELCOMALDIVES/status/1754832096277975352
ތިނަދޫގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެއަތޮޅު ރަކީދޫއަށްވެސް ވަޑައިގެން އެރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ އިތުރުން ރަށުގެ ކައުންސިލާއި ބައްދަލުކޮށް ސްޓެލްކޯއިން އެރަށުގައި ދެމުންދާ ހިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ސްޓެލްކޯއިން އަންނަނީ ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދިނުމުގެ އިތުރުން، ފެނުގެ ހިދުމަތްވެސް ދެމުންނެވެ. މިގޮތުން ގުޅި އަދި ހަންޏާމީދޫ ފަދަ ރަށްރަށަކީ ސްޓެލްކޯއިން ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްދީފައި ހުރި ރަށްރަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
