މާލެ: 31°C

ސްޓެލްކޯއިން ހުޅުމާލޭގައި ތައްޔާރުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި

March 16, 2025
181 ފަހަރު ބަލާފައި
ސްޓެލްކޯއިން ހުޅުމާލޭގައި ތައްޔާރުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި
މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ސްޓެލްކޯ އިން ތައްޔާރުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި އެވެ.

މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ސްޓެލްކޯ އިން ތައްޔާރުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ތައްޔާރުކުރި ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 އިންޖީނުގެ ހުޅުވައިދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަހްމީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހްމީ ވިދާޅުވީ ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 އަކީ 48000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކޮށްފައިވާ އިންޖީނުގެއް ކަމަށާއި، ސްޓެލްކޯގެ މުވައްޒަފުން އެ ތަން ތަރައްގީކޮށްފައިވަނީ 10 ދުވަހުގެ މަސައްކަތުން ކަމަށެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމުކުރި އެނެކްސް 2 އީންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ބެހެއްޓުމަށް ނިންމާފައިޥާއިރު، މީގެތެރެއިން 7 ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުންކުރަންވަނީ ފަށާފައެވެ. ބާކީ 5 ޖަނަރޭޓަރު ސެޓު މިރަމަޟާން މަހުގެ ތެރޭގައި ގެނެވި ރޯދައިގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ