މާލެ: 31°C

ސްޓެލްކޯއަށް ރެކޯޑް ފައިދާއެއް

March 20, 2025
417 ފަހަރު ބަލާފައި
ސްޓެލްކޯއަށް ރެކޯޑް ފައިދާއެއް
ސްޓެލްކޯއަށް ފައިދާވަމުންދާ މިންވަރު އަހަރުން އަހަރަށް ދަށްވަމުން ދިއުމަށް ފަހު މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއަށް ފައިދާވަމުންދާ މިންވަރު އަހަރުން އަހަރަށް ދަށްވަމުން ދިއުމަށް ފަހު މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވަނީ "އެކްސް'' ގައި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ފާއިތުވި 7 އަހަރުގެ އަހަރީ ތަފާސް ހިސާބުތައް ހާމަކުރައްވައިފަ އެވެ.

އެގޮތުން 2018 އިން ފެށިގެން 2020 އަށް އަހަރުން އަހަރަށް ފައިދާވަމުންދިޔަ މިންވަރު އިތުރުވަމުން ދިއުމަށް ފަހު 2021 އަދި 2022 ވަނަ އަހަރު ފައިދާގެ މިންވަރު ވަނީ ދަށަށްގޮސްފަ އެވެ. އަދި 2023 ވަނަ އަހަރު ސްޓެލްކޯ ހިންގީ ގެއްލުމުގަ އެވެ.

ނަމަވެސް މިދިޔަ އަހަރު ސްޓެލްކޯއި 138 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފަ އެވެ. މިއީ ރެކޯޑް ފައިދާގެ އަދަދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ