މާލެ: 31°C

ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަނެއް ބާއްވަނީ

April 22, 2025
177 ފަހަރު ބަލާފައި
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަނެއް ބާއްވަނީ
ސްޓެލްކޯއިން ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްތަކާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ސްޓެލްކޯއިން ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްތަކާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން މެންދުރު 12:00 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޮންލައިންކޮސް ބާއްވާ އެ ވޯކް-އިން އިންފޮމޭޝަން ސެޝަން ގައި ރަޖިސްޓާވުމަށް އެދި training@stelco.com.mv އީމެއިލް ފޮނުވުމުން މީޓިން ލިންކު ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަން ބާއްވަން ހަމަޖެހި ފައިވަނީ އަންނަ ބްރާސްފަތި ދުވަހުގެ މެންދުރު 13:00 އިން 14:00 އަށެވެ. އެ ކުފުނިން ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕް ތަކުގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ އިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާ އިން އެއް ޖާގަ އާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާ އިން ދެ ޖާގަ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ