މާލެ: 31°C

އެސްއެސްނެޓް ކޭބަލްޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވެއްޖެ

December 26, 2022
2 ފަހަރު ބަލާފައި
އެސްއެސްނެޓް ކޭބަލްޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވެއްޖެ
އެސްއެސްނެޓް ކޭބަލްޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވެއްޖެ
ދިވެހިރާއްޖެއަށް މުޅިން އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވަމުން އަންނަ "އެސްއެސް ނެޓްވޯޓް"ގެ ޚިދުމަތް ފަށަށް ތައްޔާރުވެއްޖެއެވެ.

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، އެސްއެސް ނެޓުން ވަރަށް އަވަހަށް ފަށާއިރު މިހާރު ދިރާގު ޓީވީގެ ކަސްޓަމަރުން އެ ޚިދުމަތަށް ބަދަލުވާން ފަސޭހަ ވާނެ ކަމަށް، އެސްއެސް ނެޓުން ބުނެއެވެ. އެސްއެސް ނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދޭން ފަށާ ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހީން މިހާރު ބަލަމުން އަންނަ އާއްމު ޗެނަލްތަކުގެ އިތުރުން ރާއްޖެއަށް މުޅިން އާ ޗެނަލްތައް ވެސް ހިމެނޭނެ ކަމަށެވެ.

"އެސްއެސް ނެޓްގެ ޕެކޭޖްތަކާއި އަގުތައް ވަރަށް އަވަހަށް އިއުލާން ކުރުމަށް މިދަނީ ތައްޔާރުވަމުން. އެސްއެސް ނެޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގުގައި، އެސްއެސް ނެޓުގެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލުމަށްވެސް މިދަނީ ތައްޔާރުވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.

އެސްއެސް ނެޓްގެ ޚިދުމަތަށް އެދޭނެ ގޮތުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެސްއެސް ނެޓަކީ ސަން ސިޔާމް މީޑިއާގެ ދަށުން ދޭ ފަށާ މުޅިން އާ ޚިދުމަތެކެވެ.

ސަން ސިޔާމް މީޑިއާ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ރާއްޖޭގެ މީޑިއާ ދާއިރާގައި އެންމެ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އިބްރާހިމް ޚަލީލާއި މުޙައްމަދު އާސިފް (މޮންދު)އެވެ. މި ދެބޭފުޅުންގެ މޭސްތިރިކަމުގެ ދަށުން ސަން މީޑިއާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަވަމުންނެވެ. މިގޮތުން ސަން ޓީވީގެ ޚިދުމަތް ފަށަށް މިހާރު ވަނީ ތައްޔާރުވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ