ސްރީލަންކާގެ ލޯނުތައް ދެއްކުން ދެ އަހަރަށް ފަސްކޮށްދޭން ޗައިނާއިން ނިންމައިފި

ސްރީލަންކާގެ ލޯނުތައް ދެއްކުން ދެ އަހަރަށް ފަސްކޮށްދޭން ޗައިނާއިން ނިންމައިފި
ލިޔުން:
ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 51 ބިލިއަން ޑޮލަރު ގެނައުމަށް މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައި، ލޯނު އަނބުރާ ދެއްކުމުގައި ދެ އަހަރު ދުވަހުގެ މޮރެޓޯރިއަމްއެއް ދޭން ނިންމާފައިވާކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.
ޗައިނާއިން ސްރީލަންކާއަށް ދިން ލޯނުތަކަކީ އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ބަނދަރުތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ހަދައިގެން ވިޔަފާރި އިތުރުކުރުމުގެ މަގްސަދުގައި ބެއިޖިންގެ މަލްޓި ބިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮގްރާމްގެ ދަށުން ސްރީލަންކާއަށް ދިން ލޯނުތަކެކެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން 2.9 ބިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ހުށަހަޅައި، ކޮލަމްބޯގެ އެހެން ކްރެޑިޓަރުންނަށް ވެސް ދަރަނި ކުޑަކުރުމަށް އަންގާފައިވީ ނަމަވެސް، އެކަމާ ބެއިޖިން އިން ދެކޮޅު ހެދި އެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ ބެއިޖިން އިން ހުށަހެޅީ "2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ހިދުމަތުގެ މުއްދަތު އިތުރުކުރުމަށް" ޕްލޭނެއް ކަމަށެވެ.
"އެ މުއްދަތުގައި ލަންކާއިން ބޭންކް ލޯނުތަކަށް ދައްކަން ޖެހޭ ޕްރިންސިޕަލާއި އިންޓަރެސްޓް ދައްކަން ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޖަޕާނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަށް ފަހު ސްރީލަންކާގެ ތިންވަނައަށް އެންމެ ބޮޑު ކްރެޑިޓަރަކީ ޗައިނާއެވެ. ޗައިނާއިން ދިން ލޯނުތަކަކީ އެއާޕޯޓެއް އެޅުމުގެ އިތުރުން ފައިސާ ނެތް އެހެނިހެން މަޝްރޫއުތަކަށް ލަންކާއިން ބޭނުންކޮށްފައިވާ ލޯނުތަކެކެވެ.
މިދިޔަ މަހު އިންޑިއާއިން ވަނީ އައި.އެމް.އެފް އަށް ބެއިލްއައުޓް ޕްލޭނެއް ހެދުމަށް މަގުފަހިކުރާނެ ކަމުގެ ޔަގީންކަން ދީފައިވާކަން ހާމަކޮށްފައެވެ. އެމަޖެންސީ ކްރެޑިޓްގެ ގޮތުގައި އިންޑިއާއިން ސްރީލަންކާއަށް ދީފައިވަނީ 4.4 ބިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
