
ސްޕްރީމް ކޯޓުން އަންގަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް
ސްޕްރީމް ކޯޓުން އަންގަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް
ލިޔުން:
ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފައިވަނިކޮށް، ހައި ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުްނ ނެރުނު މި އަމުރުގައި ބުނެފައިވަނީ ހައި ކޯޓުގެ އަމުރަށް އަމަލުކުރަން ވެއްޖެނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނޭ ކަމަށާއި، އެހެންކަމުން ހައިކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ރައުޔުގައި ބަޔާންކޮށްފައިވަނީ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ހައިކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށެވެ. މި މައްސަލާގައި ސްޕްރީމް ކޯޓުން މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިިޔާރު އަޒްމިރަލްދާ ޒާހިރުގެ އިިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ އަމުރެއް އިއްޔެ ހައިކޯޓުން ނެރެފައިވަނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ތިމާވެއްޓަށް ގެއްލުންވާގޮތަށްކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައިކޯޓުން ކުރި އަމުރުރުގައި ބުނެފައިވަނީ ސިވިލްކޯޓުން މައްސަލަ ނިމެންދެކަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.
ގުޅީފަޅު ހިއްކުން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނެރުނުއިރު، ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައެވެ.
ގުޅީފަޅު ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަހައްދެވެ. މި މަޝްރޫއު ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
