މާލެ: 31°C

ސްޕެޝަލައިޒް ޑޮކްޓަރުންނަށް ވުމަށް 7 ފުރުސަތު ހުޅުވާލައިފި

ސްޕެޝަލައިޒް ޑޮކްޓަރުންނަށް ވުމަށް 7 ފުރުސަތު ހުޅުވާލައިފި
April 20, 2023
2 ފަހަރު ބަލާފައި
ސްޕެޝަލައިޒް ޑޮކްޓަރުންނަށް ވުމަށް 7 ފުރުސަތު ހުޅުވާލައިފި
ސްޕެޝަލައިޒް ޑޮކްޓަރުންނަށް ވުމަށް 7 ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 7 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ 7 ދާއިރާއަކުންކަމަށެވެ. އެއީ އިންޓާނަލް މެޑިސިން، އެނެސްޓީސިއޮލޮޖީ، ގައިނަކޮލޮޖީ، ސްޕައިން ސާޖަރީ، ފީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ޖެނެރަލް ސާޖަރީ، ފީޑިއެޓްރިކް އެވެ. މިއިން ކޮންމެ ދާއިރާއަކުންވެސް  ހުޅުވާލާފައިވަނީ އެންމެ ފުރުސަތެކެވެ. https://twitter.com/MoHEmv/status/1648927728907997185 މި އިއުލާނުގައި ވަނީ ސްކޮލާޝިޕް ފުރުސަތުގައި ކިޔެވޭނެ ގައުމު ތައްވެސް ހިމަނާފައެވެ. އެއީ، ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިޞްރު، ސައުތް އެފްރިކާ، އަލްޖީރިއާ، ސައުދީ އަރަބިއްޔާ އެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި، މި ސްކޮލާޝިޕް ފުރުސަތަށް މީހުން ހޮވުމުގައި ހާއްސަ ޝަރުތު ތަކެއް ހިމެނެއެވެ. އެ ޝަރުތު ތަކުގެ ތެރޭގައި، އެމް.ބީ.ބީ.އެސް ހާސިލްކޮށްފައިވުން، ސްޕައިން ސާރޖަރީ އަށް ހުށަހަޅާ ފަރާތްތަކުން އޯތޮޕީޑިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ އަށް ހުށަހަޅާ ފަރާތްތަކުން ޕީޑިއޭޓްރިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވާން ޖެހެއެވެ. އަދި މީގެ އިތުރުން އެ މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވާންޖޭނެއެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުގައި، މި ސްކޮލާޝިޕްގެ ފުރުސަތަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ މި ސްކޮލާޝިޕްގައި ކިޔަވާ ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް އަތޮޅުތެރެއަށް ހިދުމަތް ކުރުމަށް އެއްބަސް ވާ ފަރާތްތަކަށެވެ. މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުގެ ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެހިގެން ދާނީ ދިވެހި ސަރުކާރުން ކަމަށެވެ. މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ މެނދުރު 13:30 އާ ހަމައަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ