މާލެ: 31°C

ސްޕެއިންގެ ބާސެލޯނާގަ ކުރިއަށްދާ ސީފުޑް އެކްސްޕޯ ގްލޯބަލްގައި ރާއްޖޭގެ 4 ކެޔޮޅުން!

ސްޕެއިންގެ ބާސެލޯނާގަ ކުރިއަށްދާ ސީފުޑް އެކްސްޕޯ ގްލޯބަލްގައި ރާއްޖޭގެ 4 ކެޔޮޅުން!
April 29, 2023
2 ފަހަރު ބަލާފައި
ސްޕެއިންގެ ބާސެލޯނާގަ ކުރިއަށްދާ ސީފުޑް އެކްސްޕޯ ގްލޯބަލްގައި ރާއްޖޭގެ 4 ކެޔޮޅުން!
މިހާރު ސްޕެއިން ގެ ބާސެލޯނާގަ ކުރިޔަށްދާ "ސީފުޑް އެކްސްޕޯ ގޮލޯބަލް" ގައި ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިކަން ކުރާ 4 ކެޔޮޅުން ބައިވެރިވެއްޖެއެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ދިނީ ބިގް ފިޝް މޯލްޑިވްސްއާއި ސީޕްރިއާ މޯލްޑިވްސްއިންނެވެ. ބިގް ފިޝް މޯލްޑިވްސްގެ ޓީމާ އެކު މި ސީފުޑް އެކްސްޕޯ ގައި ބައިވެރިވެފައި ވަނީ، އދ. މަހިބަދޫ އަސުރުމާ 3 ކެޔޮޅު އަލި ޝަހީމް އާއި، ޓޫނާ 3 ގެ މޫސާ އަމީން އާއި، އދ. އޮމަދޫ ހައިޝަމް ދޯނީގެ ކެޔޮޅު ނާޝިދް އާއި، އަދި ސީޕްރިއާ މޯލްޑިވްސް ގެ ޓީމާއެކު ގައި އަސުރުމާ 2ގެ ކެޔޮޅު ހަސަން އިނާޔަތް އެވެ. މިއެކްސްޕޯއާ ބެހޭގޮތުން ސްޕެއިންގެ ބާސެލޯނާގައި ހުރެ "މިނިވަން" އާ ވާހަކަ ދައްކަމުން ކެޔޮޅު ނާޝިދު ބުނީ، މިއީ ވަރަށް ތަފާތު ދަތުރެއް ކަމަށާއި، މި ދަތުރު ގައި ސްޕެއިން އިން މަސް ގެންގުޅޭ ގޮތާއި، މަހުގެ ކޮލެޓީ ހުންނަން ޖެހޭވަރު ކިޔައިދީފައިވާ ކަމަށެވެ. މި އެކްސްޕޯގައި ބައިވެެރިވި ކެޔޮޅުން ބުނީ މިފަދަ ކަން ކަމުން ދިވެހިން މިކުރާ މަސްވެރިކަމަން އިތުރަށް އިސްތިހާރުވެގެން ދާނެ ކަމަށާއި، ދިވެހި މަސްވެރި ކަމަށް ފައިދާވާނެ ކަމީ ޝައްކެއްނެތް ކަމެއް ކަމަށެވެ. މި އެކްސްޕޯގައި ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން ވަނީ ބައިވެރިވެފައެވެ. އަދި މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ތަފާތު އުފެއްދުންތައް ދައްކާލުމުގެ އިތުރުން ކަނޑުގެ ދިރުންތަކާގުޅޭ ތަފާތު މައުލޫމާތު، ކަމުގެ މާހިރުންގެ ފަރާތުން ބައިވެރިންނަށް ހުށަހަޅައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ