މާލެ: 31°C
ސައުތުލައިން ބޯޓު ފަރަށް އަރާ ފަޅައިގެންގޮސް ދިޔަވަނީ

ސައުތުލައިން ބޯޓު ފަރަށް އަރާ ފަޅައިގެންގޮސް ދިޔަވަނީ

December 31, 2023
2 ފަހަރު ބަލާފައި
ސައުތުލައިން ބޯޓު ފަރަށް އަރާ ފަޅައިގެންގޮސް ދިޔަވަނީ
މާލެއާއި އައްޑޫ، ހުވަދޫ އާ ދެމެދު ދަތުރުކުރާ ސައުތްލައިން ބޯޓު ފަރަކަށް އަރައި ފަޅައިގެން ހިނގައްޖެ އެވެ. ފުލުހުން ބުނީ ސައުތްލައިން ބޯޓު ގއ. ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މައުލޫމާތު މިރޭ 20:15 ހާއިރު ލިބިފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ސައުތުލައިން ބޯޓަކީ، ހުވަދު އަތޮޅުގެ ރައްތަކާއި، ފުވައްމުލަަށް އަދި އައްޑޫ ސިޓީއަށް ގިނައަދަދެއްގެ މުދާ އުފުލާ ބޯޓެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ