މާލެ: 31°C

ސޮނޭވާފުށީގެ ފަޅުތެރޭގައި މުރަކަ އާލާކުރުމުގެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާ ކޮށްފި

ސޮނޭވާފުށީގެ ފަޅުތެރޭގައި މުރަކަ އާލާކުރުމުގެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާ ކޮށްފި
June 15, 2023
2 ފަހަރު ބަލާފައި
ސޮނޭވާފުށީގެ ފަޅުތެރޭގައި މުރަކަ އާލާކުރުމުގެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާ ކޮށްފި
އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުނިންމާ، ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަނީ ހޯލްޑިންގްސް ލިމިޓެޑް 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބަނީ ހޯލްޑިންގްސް އިން، އީއައިއޭ ނުހަދާކަން އެ އޭޖެންސީއިން ބެލި ބެލުމުން ޔަގީން ވެފައިވާ ކަމަށެވެ. " ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑްގެ ފަރާތުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި، ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ސޮނެވާ ފުށީ ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީއަށް ޔަޤީންކުރެވިފައިވެއެވެ" އީޕީއޭގެ ބަޔާނުގައި ބުންޏެވެ. އީޕީއޭއިން ބުނީ، އެހެންވެ، "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން ، ބަނީ ހޯލްޑިންގްސް ލިމިޓެޑް، 12 ޖޫން 2023 ގައި 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވާ ކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިކަމަށް ވެސް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން ސޮނެވާފުށީ ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު، އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށް ފަހު  އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށްވެސް އީޕީއޭއިން ވަނީ ބަނީ ހޯލްޑިންގްސް އަށް އަންގާފައެެވެ. ސޮނޭވާ ފުއްޓަކީ، މުރަކަ އާލާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންދާ ރިޒޯޓެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ