މާލެ: 31°C

ސިޔާސީ ޕާޓިތަކުގެ ފޯމުތައް އޮންލައިންކޮށް ބަލައިގަންނަގޮތް ހަދަނީ

February 5, 2023
2 ފަހަރު ބަލާފައި
ސިޔާސީ ޕާޓިތަކުގެ ފޯމުތައް އޮންލައިންކޮށް ބަލައިގަންނަގޮތް ހަދަނީ
ސިޔާސީ ޕާޓިތަކުގެ ފޯމުތައް އޮންލައިންކޮށް ބަލައިގަންނަގޮތް ހަދަނީ
ސިޔާސީ ޕާޓީތަކުގެ މެމްބާޝިޕް ފޯމުތައް ބަލައިގަނެ ޗެކްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަ ޕޯޓަލްއެއް ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.  މި ޕޯޓެލްއާބެހޭ މައުލޫމާތު ސިޔާސީ ޕާޓިތަކާއެކު ހިއްސާކޮށްފައިވާކަމަށް އީސީން ކުރި ޓްވީޓެއްގައި ބުނެފައިވެއެެވެ.  "ސިމެދާ" ގެ ނަމުގައި ހުޅުވާފައިވާ މި އޮންލައިން ޕޯޓަލްއާއިއެކު އިލެކްޝަންސް ކޮމިޝަނަށާއި ސިޔާސީ ޕާޓީތަކުގެ މަސައްކަތަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށް އީސީއިން ބުންޏެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިނިވަން އަށް ވިދާޅުވީ މި ޕޯޓެލްގެ ސަބަބުން ހާއްސަކޮށް ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމުގައެވެ. "ވަރަށް ފަސޭހަވެގެން ދާނެ، ސިޔާސީ ޕާތަކުން ނުޖެހޭނެ ފޯމުތައް ހިފައިގެން އިލެކްޝަނަށް އަންނާކަށް، ފޯމުތައް ޕޯޓެލްއަށް ލުމުން އަޅުގަނޑުމެން ޕްރޮސެސް ކުރާނަން، އެބޭފުޅުން ފޯމުތައް ވަކިމުއްދަތެއްވަންދެން ބަލަހައްތަވަން ޖެހޭނީ " ހަބީބު ވިދާޅުވިއެވެ. މި ޕޯޓެލް ތައާރަފް ކުރި ނަމަވެސް ފޯމުތައް ޗެކްކުރުމާއި ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެކަމަށް ހަބީބުވިދާޅުވިއެވެ. "ވެރިފައި ކުރުމަށްޓަކާ ފޯމުގަ އިންނަ ނަންބަރަށް އެސްއެމްއެސްއެއް ދާނެ، މީގެ އިތުރުން މަންމަގެ ނަމާ އެޑަރެހާ، އައިޑީކާޑުގަ އިންނަ ފޮޓޯ ނޫން ފޮޓޯއެއް ހުންނަންޖެހޭ، އެ ހުރިހާ ކަމެއް ބެލުމަށްފަހު ޕްރޮސެސް ކުރާނީ" ހަބީބު ވިދާޅުވިއެވެ. ފޯމުަތަކުގެ ސައްހަކަން ކަށަވަރުކުމަށްޓަކާ އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފަހުން އޮޅުވާލައިގެން ހުށަހަޅާ ފޯމުތައް މަދުކަމަށް ހަބީބު ވިދާޅުވިއެވެ. ސިމެދާ ޕޯޓެލް ހުޅުވުމަށްޓަކާ މިހާރު ކުރެވެމުން ދަނީ ސިޔާސީ ޕާޓީތައް އަހުލުވެރި ކުރުމުގެ މަސައްކަތްތަކާ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް ކަމުގައި ވެސް އިލެކްޝަނުން ބުންޏެވެ. މިޕޯޓެލް ހުޅުވޭނެ ވަކި ތާރީހެއް އީސީން އަދި ކަނޑައެއްނާޅައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ